ފިނޭންސުން ފައިސާ ނުދައްކާ މީހުން ރަޖިސްޓްރީވާން މަޖިލީހުގައި ޑެސްކެއް ބަހައްޓަން ގޮވާލައިފި

ވަކިވަކި ފަރުދުންނަށާއި ވިޔަފާރިވެރިންނަށް ފިނޭންސް މިނިސްޓްރީން ފައިސާ ނުދައްކާ ހުރި ހުރިހާ ބިލެއް މަޖިލީހުގައި ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.
"73 ބިލިއަން އެތެރޭގެ ދަރަނި އެބަ އޮތް މި ހަތަރު އަހަރު، 2022 އާ ހަމައަށް. ދެން މިތާނގެ މަޖިލިސް ތެރެއިން ސަރުކާރު ގެންގުޅޭ ވަރަށް މޮޅު ވިސްނުމެއް، ކޮބައިހޭ މައްސަލައަކީ. ސަރުކާރެއް ނުއެއް ދަރާނޭ ދައުލަތަކަށް. ފޮހެލާނީއޭ. އަދަދު ފޮހެލީމަ އެކަން ނިމުނީއޭ،" ކުރީގެ އޮކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ