ހުޅުމާލޭގައި ހުޅުވި ސަރުކާރު އޮފީސް އިމާރާތުގެ ނަމަކީ އުމަރު ޒާހިރު ބިންޑިން

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރްހޫމް އުމަރު ޒާހިރުގެ ނަމުން ނަން ދީފައިވާ ސަރުކާރުގެ އޮފީސް އިމާރާތް ހުޅުވައިފިއެވެ.
ހުޅުމާލޭގައި ގާއިމްކޮށްފައިވާ އެ އިމާރާތް ހުޅުވައިދެއްވީ މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.
މި އިމާރާތުގައި ސަރުކާރުގެ ބޮޑު ތިން މިނިސްޓްރީއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަދި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއެވެ.
މި އިމާރާތަށް އެ ތިން މިނިސްޓްރީ ބަދަލުވުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ކުލީ އިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދުތަކުން ބޮޑު ބައެއް ސަލާމަތްވުން ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އޮފީސް އިމާރާތް ހުޅުވިގެން ދިޔައީ، މިފަދަ އިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްވަރެއްގައި ކަމަށެވެ. ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތުގެ ދަތިކަން މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަތޭކަ އަށްޑިހަ ފަސް މިލިއަން ރުފިޔާ އަށް އިމާރާތް ކޮށްފައިވާ އެ އިމާރާތަކީ ހުޅުމާލެ ފޭސް އެކެއްގައި އިމާރާތް ކޮށްފައިވާ އިމާރާތެކެވެ. އެ އިމާރާތް ހަދަން ހަވާލުކުރީ 2019 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ ހުނާން އިންޖީނިއަރިން ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25،000 އަކަފޫޓު ހުންނާނެ ކަމަށެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ