އަފްރާޝީމްގެ ގާތިލް ހުމާމް މަރަން ކުރި ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހުސައިން ހުމާމް އަހުމަދު މަރަން ކުރި ހުކުމުގެ މައްސަލަ ރިވިއުކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އޮކްޓޫބަރު، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އަފްރާޝީމް މަރާލި ކަމަށް ހުމާމް ކުރިން އެއްބަސްވިޔަސް ފަހުން އޭނާ ގެންދަނީ އެކަމަށް އިންކާރު ކުރަމުންނެވެ.
މަރުގެ ހުކުމް ރިވިއުކުރަން ހުމާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކިގޮތެއް ނުނިންމަ އެވެ.
ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމްތައް ވަރަށް މަދު ހާލަތްތަކެއްގައި ރިވިއު ކުރެވޭނެ އުސޫލެއް ސުޕްރީމް ކޯޓުން އޮތީ ކުރިން ގާއިމްކޮށްފަ އެވެ. އެހެންކަމުން ކުރީގެ ބައެއް ހުކުމްތައް މިހާރުގެ ސުޕްރީމް ކޯޓުން ރިވިއުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ