އިންތިހާބަށް ނިކުންނާނަން، އެއީ ސުވާލެއްވެސް އޮތް ކަމެއް ނޫން: ގާސިމް

ގާސިމް ވަނީ ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާ އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާ އެއީ ސުވާލެއްވެސް އޮތް ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މިއަދު އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލްވުން ނިންމަވާލެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅު ގައެވެ. އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެތޯ އަދިވެސް ބައެއް މީހުން ސުވާލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެއީ ސުވާލެއް ނޫން ކަމަށް ވިދާޅުވިއެވެ.ގާސިމް ވަނީ ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާ އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާ އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުޅުވާލުމުން ކުރިމަތި ލެއްވީ ގާސިމް އިބްރާހިމް އެކަންޏެވެ. ޕާޓީގެ ކައުންސިލުން ވަނީ ގާސިމްގެ ޝަރުތު ފުރިހަމަ ކަމަށް ކަނޑައަޅާ އެމަނިކުފާނަށް ރިޔާސީ ޓިކެޓް އެރުވުމަށް ނިންމާފައެވެ. އަދި އިންތިހާބަށް ކޯލިޝަނަކާއެކު ނިކުތުމަށް ޕާޓީތަކާއެކު މަޝްވަރާތައް ބޭއްވުމުގެ ފުރިހަމަ އިހްތިޔާރު ގާސިމަށް ދެއްވާފައެވެ.ގާސިމް ވަނީ ކޯލިޝަން ހެދުމުގެ ދައުވަތު ވަރަށް ގިނަ ޕާޓީތަކަށް ދެއްވާފައެވެ. ނަމަވެސް އެމްއާރްއެމް އާއި އެމްޓީޑީން ނޫނީ މަޝްވަރާ ކުރަންވެސް ނިންމާފައެއް ނުވެއެވެ.އެކަމާއި ގުޅޭގޮތުން ގާސިމް ވަނީ ކޯލިޝަނަކާއެކު ނުނިކުންނެވުނަސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ."އެކަނި [ޖޭޕީއާއެކު ކޯލިޝަނެއް ނެތަސް] އިންތިހާބުގައި އަޅުގަނޑު ވާދަކުރާނަން. އެއީ ސުވާލެއް އޮތް ކަމެއް ނޫން،" ގާސިމް ވިދާޅުވިއެވެ.ރިޔާސީ އިންތިހާބުގައި ގާސިމަށް ތާއީދު ކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ހަރަކާތުން ވަނީ ދީފައެވެ. ޖުމްހޫރީ ޕާޓީއާއެކު އެ ހަރަކާތުން މިހާރު ދަނީ ކޯލިޝަންގެ މަޝްވަރާތައްވެސް ހިންގަމުންނެވެ. ނަމަވެސް ކައިރިކައިރީގައި ހިނގަމުންދިޔަ އެ މަޝްވަރާތައް މިހާރު ވަނީ ހުއްޓިފައެވެ. އެއާއެކު ދެ ފަރާތުގެ ގުޅުން ގޯސްވީތޯ އަދި އިންތިހާބުގައި ގާސިމް ވާދަކުރާނެތޯ ބައެއް މީހުން ސުވާލު އުފެއްދި އެވެ.އޭގެ ފަހުން ގާސިމް ވަނީ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގެ އިސް ބޭފުޅުންނާއެކު އެމަނިކުފާނުގެ ރިސޯޓް ރަށެއްގައި ބައްދަލުވުމެއް ބާއްވަވާ ބައްދަލްވުމުގެ ފޮޓޯތައް އާންމު ކުރައްވާފައެވެ. މިދިޔަ ދެ ތީން ދުވަހު އަރިއަތޮޅުން ޖުމްހޫރީ ޕާޓިއާ ގިނަ ބަޔަކު ގުޅިފައިވާކަން ހާމަކޮށް ޖުމްހޫރީ ޕާޓީން ކުރާ މަސައްކަތުގައި ބައިވެރިވުމަށްވެސް ގާސިމް ވަނީ އާންމު ރައްޔިތުންނަށް ދައުވަތު ދެއްވާފައެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ