އޮފީހެއް ފަޅާލައިގެން 7 ލައްކައަށްވުރެ ގިނަ ރުފިޔާ ނެގި މީހާ ހައްޔަރުކޮށްފި

ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައިގެން 7 ލައްކައަށްވުރެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓްކޮށްފައިވަނީ 23 މާޗްގައި ކަމަށާއި މިއަދު މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އަދި އޭނާ ދިރިއުޅޭތަން ބަލާފާސްކުރިއިރު 5 ލައްކައަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން އަންނަނީ ތަހްގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ