މާލެ ރައްޔިތުންނަށް ޗަންޕާ ބްރަދާރސްގެ ފަރާތުން ދެއްވި އެހީތެރިކަމުގެ އަގު ވަޒަން ކޮށްފި

ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެ ސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމުގެ އަގު މާލެސިޓީ ކައުންސިލުން ވަޒަންކޮށްފިއެވެ.
1444 ވަނަ އަހަރުގެ ރަމަޟާން މަހު މާލެ ސިޓީ ގޭބީސީތަކުގެ ކެއިން ބުއިމާ ބެހޭ އާންމު ޚަރަދު ބަރަދަށް ލުއިކަން ދެއްވުމުގެ މަޤުސަދުގައި ޗަންޕާ ބްރަދާރސްގެ ފަރާތުން ޗަންޕާ މުޙައްމަދު މޫސާ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް މާލޭގެ ގޭގެއަށް ފޯރުވައިދެއްވި ދީލަތި އެހީތެރިކަމަށް ޓަކައި އެކަމުގެ އަގުވަޒަންކޮށް މާލެސިޓީ ކައުންސިލްގެ ފަރާތުން ވަނީ ޗަންޕާ މުޙައްމަދު މޫސާ އަށް ހަނދާނީ ފިލާ އަކާއި ހަނދާނީ ލިޔުމެއް އަރުވާފައެވެ. މާލެސިޓީ ކައުންސިލްގެ ފަރާތުން މި ހަނދާނީ ފިލާއާއި ހަނދާނީލިޔުން މުޙައްމަދު މޫސާ އާއި ހަވާލު ކޮށްދެއްވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ބައްދަލުވުމުގައި ޗަމްޕާ ބްރަދާސްގެ ފަރާތުން ޗަންޕާ މުޙައްމަދު މޫސާ ވަނީ މާލެސިޓީ ކައުންސިލުން އެތަކެތި ރައްޔިތުންނަށް ބެހުމުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ އެކަމަށްޓަކައި މާލެސިޓީ ކައުންސިލާއި، މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވާފައެވެ.
މާލެ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރ ޑރ. މުޢިއްޒު ވަނީ ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޗަމްޕާ ބްރަދާސް އާއި ޗަންޕާ މުޙައްމަދު މޫސާ އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
އަދި މިއީ ރައްޔިތުން ވަރަށް ބަލައިގަތް ކަމެއް ކަމުގައި މޭޔަރ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ