ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ ގަލޮޅުން ތިން ގަޑިއިރަށް ކަރަންޓު ކެނޑިއްޖެ

އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ބުރުޒުމަގުގެ އިރާއީ ބުކުޝޮޕް ހުންނަ ސަރަހައްދުން ތިން ގަޑިއިރަށް ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ވަގުތީ ކޭބަލެއް އަޅައި އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމަށް ދެ ގަޑި އިރު ހޭދަ ވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.
ބުރުޒުމަގުގެ އިރާއީ ބުކުޝޮޕް ހުންނަ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއި ގުޅިގެން އެ ސަރަހައްދަށް ކަރަންޓު ދިނުމަށްޓަކައި ވަގުތީ ކޭބަލެއް އަޅައި ތިން ގަޑިއިރަށް ވުރެ ގިނަ އިރުފަހުން ކަރަންޓުގެ ޚިދުމަތް ދީފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކަރަންޓު ނެތި ދިޔަ ވަގުތުތަކުގައި އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވި ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ