ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: އާދަމް ޝަރީފް މީޑިއާ ރެގިއުލޭޝަން ބިލާއި ގުޅޭ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި ހުޅުމާލެ ފޭސް 1 ކަންނެލި ޖެޓީ ސަރަހައްދުން މަސްތުވާތަކެތި ހޯދައިފި ރައްޔިތުން ބޭނުންނުވާ ކަމެއް މ

ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނޭޕާލުގެ ވެރިރަށް، ކަތަމަންޑޫގައި މުޒާހަރާތައް ފަށާފައިވަނީ އެ ގައުމުގެ ކޮރަޕްޝަންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތައް ބްލޮކް ކުރުމުންނެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ހުންނަ އެގައުމުގެ ރައްޔިތުންގެ މަޖިލީހަށް ވަންނަން މަސައްކަތް ކުރި ރައްޔިތުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ކަރުނަ ގޭހާ ރަބަރު އުންޑަށް ބޭނުން ކޮށްފައިވާއިރު މި މުޒާހަރާގެ ތެރެއިން ސަލާމަތީ ބާރުތަކާއި ހިނގި ކުރިމަތިލުންތަކުގައި މިހާތަނަށް 19 މީހުން ވަނީ މަރުވެފައެވެ.
އިއްޔެގެ ހަމަނުޖެހުމަށް ފަހު ނޭޕާލް ސަރުކާރުން ބުނެފައިވަނީ މިއަދުން ފެށިގެން އެގައުމުގައި ސޯޝަލް މީޑިއާ ސައިޓްތައް ބޭނުން ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ