އެމްއޭސީއެލުން އަމިއްލަ ކުންފުންޏެއް އުފައްދައިފި، ނަމަކީ ޕެނިންސިއުލާ
ބިން ހިއްކުމުގެ މަސައްކަތްތައް ކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ކުންފުންޏެއް އުފައްދައި ކޮންޓްރެކްޓަރުން ހޯދަުން މަސައްކަތް ފަށައިފި އެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރެޖިސްޓްރީން ދައްކާ ގޮތުގައި ޕެނިންސޫލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އުފައްދާފައި މި ކުންފުނީގެ 100 ޕަސެންޓު ހިއްސާދާރަކީ އެމްއޭސީއެލް އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ ވެސް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝަރީފެވެ. ރީޖަނަލް އެއާޕޯޓް ކުންފުނި އެމްއޭސީއެލްގެ ސަބްސިޑަރީއަކަށް ބަދަލުކޮށް ހުރިހާ ރީޖަނަލް އެއާޕޯޓްތަކެއްގެ ހިންގުން ވެސް މިފަހުން ވަނީ އެ ކުންފުންޏަ ހަވާލުކޮށްފަ އެވެ. މީގެ އިތުރަށް އެ ކުންފުންޏަށް ވަނީ، ރަށް ރަށުގައި ޖިމް ހެދުމުގެ މަސައްކަތްތައް ވެސް ސަރުކާރުން ހަވާލުކޮށްފަ އެވެ. އެ ކުންފުނީގެ ޒިންމާގައި ނުހިމެނޭ ކަންކަން ހަވާލުކުރާތީ އެކަމުގެ ފާޑުކިޔުން ވަރަށް ބޮޑަށް ސަރުކާރާއި އެ ކުންފުންޏަށް އަމާޒުވެފައިވެ އެވެ.އާ ކުންފުނި "ޕެނިންސިއުލާ" ގުޅޭ ގޮތުން އެމްއޭސީއެލް އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ