1،037 ބައިވެރިންނާއެކު، ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.
މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 119 މުއައްސަސާއަކުން 1،037 ބައިވެރިން ވާދަކުރެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ބައިވެރިންގެ އިތުރުން ހާފިޡުންގެ ގޮފީގައި 31 ހާފިޡުންނެވެ.
މި އަހަރުގެ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެއް ކަމާއި މި އަހަރުގެ މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް 2 ގުނައަށް އިތުރު ކުރުމަށް ނިންމަވާފައިވާކަން އިސްލާމިލް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިދިޔަ އަހަރާ ހިލާފަށް މުބާރާތުގައި ބައިވެރިވި ހާފިޒުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި އަހަރުގެ މުބާރާތުގެ ހާފިޡުންގެ ބައިގައި 31 ހާފިޡުން ބައިވެރިވެފައިވާއިރު ފާއިރުވެދޔަ އަހަރު ބައިވެރިވެފައި ވަނީ 15 ޙާފިޡުންނެވެ.
މުބާރާތުގެ ކިޔެވުން ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.
1،037 ބައިވެރިންނާއެކު ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ