އަޔުޝްމާން އާއި ޝަރުވަރީގެ ފިލްމުގެ ނަން އިއުލާނުކޮށްފި

ބޮލީވުޑްގެ ތަރިން ކަމަށްވާ އަޔުޝްމާން ކުރާނާ އާއި ޝަރްވަރީ ވާގް ލީޑު ރޯލް ކުޅޭ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމުގެ ނަން އިއުލާނުކޮށްފިއެވެ. "ޔޭ ޕްރޭމް މޯލް ލިޔާ"ގެ ނަމުގައި އުފައްދާ މި ފިލްމަކީ އަޔުޝްމާން އާއި ޝަރުވަރީ އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ހަމައެއާއެކު މިއީ އަޔުޝްމާން ސޫރަޖްއާ އެކު ވެސް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މިހާރު ޝޫޓިންގް ފަށާފައިވާ މި ފިލްމުން އަޔުޝްމާން އާއި ޝަރުވަރީގެ އިތުރުން އަނޫޕަމް ހޭރް ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ. މި ފިލްމަކީ ސޫރަޖްގެ އާއިލީ ކުންފުނި ރާޖްޝްރީ ޕްރޮޑަކްޝަނުން އުފައްދާ 8 ވަނަ ޑައިރެކްޝަނެވެ. ސޫރަޖް އެންމެފަހުން ޑައިރެކްޓްކޮށް ބެލުންތެރިންނަށް ގެނެސްދިނީ އަމީތާބް ބައްޗަން އާއި ބޮމަން އިރާނީ މުހިންމު ރޯލް ކުޅުނު ފިލްމު "އޫޗާއީ"އެވެ. ފިލްމު ޑައިރެކްޓަރު ސޫރަޖް ބަރްޖަތްޔަ--ފޮޓޯ/ މިހާތަނަށް ސޫރަޖް ޑައިރެކްޓްކޮށް ގެނެސްދިން ފިލްމުތަކުގެ އެކްޓަރުގެ ރޯލުން ސަލްމާން ޚާން ފެނިފައިވާއިރު "ޔޭ ޕްރޭމް މޯލް ލިޔާ" އަކީ ސަލްމާންއާ ނުލާ ސޫރަޖް ގެނެސްދޭ ފުރަތަމަ ފިލްމެވެ. ސަލްމާން ލީޑް އެކްޓަރެއްގެ ގޮތުގައި ހިމަނައިގެން ގެނެސްދިން ފިލްމުތަކުގެ ތެރޭ "މޭނޭ ޕިޔާރު ކިޔާ"، "ހަމް އާޕް ކޭ ހޭ ކޯން"، "ހަމް ސާތު ސާތު ހޭ"، "މޭ ޕްރޭމް ކީ ދިވާނީ ހޫ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ހިމެނެއެވެ. ވަރަށް ރީތި އާއިލީ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދެމުން އަންނަ ސޫރަޖްގެ އައު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ