މި އަހަރުގެ ބޮޑު ބައެއް ސާޕްލަސްގައި ހިފަހައްޓައި، އެކަން ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަކުރަމުންދިޔަ ބަޖެޓު ބިލިއަން ރުފިޔާއިން ޑެފިސިޓު ވެފައިވާކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވަނީ ނޮވެމްބަރު 6، އާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލެެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުން އެ ތާރީހާ ހަމައަށް ދައުލަތަށް ލިބިފައިވަނީ 32.6 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެ މުއްދަތުގައި ދައުލަތުން އެކި ކަންކަމަށް 33.6 ބިލިއަން ރުފިޔާގެ ހަރަދު ކޮށްފައިވެ އެވެ. މި އަދަދުތަކާއެކު މި އަހަރުގެ ބޮޑު ބައި ސާޕްލަސްގައި ހިފެހެއްޓި ބަޖެޓުގެ ޑެފިސިޓު ވަނީ ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
އަންނަ އަހަރަށް ލަފާކުރަން ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވެސް މި އަހަރު ސަރުކާރަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ސިފަކުރެއްވީ 40 ހަފުތާ ބަޖެޓު ސާޕްލަސްގައި ހިފެހެއްޓުމެވެ. އޭގެ ހަފުތާއެއް ފަހުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޒަމީރު ވަނީ ގިނަ އަހަރުތަކަކަށްފަހު މި އަހަރު ނިންމާލާނީ ބަޖެޓު ޑެފިސިޓު ސިންގަލް ޑިޖިޓުގައި ބަހައްޓައިގެން ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، މި އަހަރުގެ ބޮޑު ބަޔެއްގައި ބަޖެޓު ސާޕްލަސްއެއް ހިފަހައްޓަމުން އަންނައިރު، މިއީ ފާސްކުރި ގޮތާ ހިލާފަށް ހަރަދު ކުޑަކުރުމެއް ނެތި، ތަރައްގީގެ ބަޖެޓު ހަރަދުނުކުރާތީ ފެންނަ އިތުރުވުމެކެވެ. ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ކުންފުނިތަކުން ފައިނޭންސް ކުރާ ގޮތަށް، އެ މަސައްކަތްތައް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.
ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް ހަރަދުވާ އެއާޕޯޓުތަކާއި ބިން ހިއްކުން ހަވާލުކުރަމުން ދަނީ ދައުލަތުގެ ބަޖެޓުން ސީދާ އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަަށް އެމްއޭސީއެލްއޭ އެވެ. މި ފައިސާ ހޯދައިގެން ޕްރޮޖެކްޓުގެ ހުރިހާ ހަރަދެއް ކުރަން ޖެހެނީ އެ ކުންފުނިންނެވެ.
މި އަހަރު ދައުލަތުން ހަރަދުކުރި ގޮތަށް ބަލާއިރު ޖުމްލަ ހަރަދުގެ 86 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. މިހާތަނަށް ޕީއެސްއައިޕީ ބަޖެޓުގައި ހިމެނި 12.4 ބިލިއަން ރުފިޔާގެ ތެރެއިން ހަރަދުކޮށްފައި ވަނީ 6.3 ބިލިއަން ރުފިޔާ އެވެ.
އާމްދަނީގެ ތެރެއިން 75 ޕަސެންޓަކީ ޓެކްސް އިން ލިބުނު އާމްދަނީ އެވެ. އާމްދަނީގެ ތެރެއިން ޓެކްސް ނޫން އާމްދަނީ އަކީ 24 ޕަސެންޓެވެ. މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބުނީ ޖުމްލަ އާމްދަނީގެ އެންމެ ޕަސެންޓެކެވެ.
40 ހަފުތާ ވަންދެން ސާޕްލަސްގައި ހިފެހެއްޓި ބަޖެޓު ބިލިއަން ރުފިޔާއިން ޑެފިސިޓު ވެއްޖެ 40 ހަފުތާ ވަންދެން ސާޕްލަސްގައި ހިފެހެއްޓި ބަޖެޓު ބިލިއަން ރުފިޔާއިން ޑެފިސިޓު ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ