ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި

ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. 
ވީ ކިިހިނެއް؟ - އުމުރުން 74 އަހަރުގެ ގާސިމްގެ ސިއްހީ ހާލަތު ގޯސްވީ އަމިއްލަ ރިސޯޓު، ސަން އައިލެންޑްގައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު އެވެ. އެއަށް ފަހު، ފަރުވާދެމުންދިޔައީ އައިޖީއެމްއެޗްގަ އެވެ.
ތަފްސީލް - ހާލުކޮޅު ރަނގަޅުވުމުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން އެ މަނިކުފާނުގެ ގާތް ބޭފުޅަކު މިއަދު 'ދައުރު'އަށް ވަނީ ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް ސިއްހީ ހާލުކޮޅާ ގުޅޭ އިތުރު ތަފްސީލެެއް ނުދެއްވަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އަންގާރަ ދުވަހު އެމެޖެންސީގައި ފަރުވާއަށް ގާސިމް މާލެ ގެނެސްފައިވަނީ އޮކްސިޖެން ލެވެލް ދަށްވުމުގެ ސަބަބުން ފްލައިޓުން ނުގެނެވިގެން ލޯންޗެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ