ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޑާކްރެއިން އެންޓަރޓައިންމެންޓުން ސިނަމާއަށް ނެރުމަށް ތައްޔާރުވަމުންދާ "އަލްވަދާއު" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފިއެވެ.
ޑާކްރެއިނުން ބުނީ މިއަދު 10:00 އިން ފެށިގެން އޮލިމްޕަސް ޓިކެޓް ކައުންޓަރުން އަލްވަދާއުގެ ޓިކެޓް ވިއްކަން ފަށާފައިވާކަމަށެވެ. އޮލިމްޕަހުން ޓިކެޓް ވިއްކިނަމަވެސް، ޓިކެޓް ބުކްކުރުމަށް 9911229 އަށް ވައިބަރ މެސެޖްކޮށް އޮލިމްޕަހަށް ނުގޮސް ޓިކެޓް ލިބޭނޭކަމަށް ޑާކްރެއިނުން ބުނެއެވެ.
ރާއްޖޭައި އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިނުން، އަލްވަދާޢު އޮލިމްޕަހުގައި އެޅުވުމަށް ނިންމާފައިވަނީ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުގެ ރެއެވެ.
ޑާކްރެއިނުން ވަނީ މީގެކުރިންވެސް ލޯބީގެ އަސަރުގަދަ ފިލްމުތައް ސިނަމާއަށް ނެރެ ހައުސްފުލް އެތައް ޝޯތަކެއް ދައްކާފައެވެ. ނަމަވެސް އަލްވަދާއު، މި ފިލްމަކީ ޑާކްރެއިނުން މީގެކުރިން ނެރުނު ލޯބީގެ ފިލްމުތަކާ މުޅިން ތަފާތު ފިލްމަކަށްވާނޭކަމަށް ފިލްމްގެ ޕޯސްޓަރަށް ބަލާލުމުންވެސް އެނގެއެވެ.
ޑާކްރެއިނުން ވަނީ އަލްވަދާއުގެ ޕްރިމިއާ ނައިޓަށް 10 މީހަކަށް ފުރުސަތު ދީފައެވެ. އެ ފުރުސަތު ދީފައިވަނީ އަލިފާނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބެލުންތެރިންނަށް ޑާކްރެއިނުން ދިން ހަދިޔާއެއްގެ ގޮތުގައެވެ.
"އަލްވަދާއު" މި ފިލްމުގެ ސްކްރީން ޕްލޭ ގެނެސްދީފައިވަނީ ޝަހުދާ މަހްމޫދެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމްގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. އަދި ހަމަ އެހެންމެ މި ފިލްމުން ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އާއި، އަލިފާނުން މުޅިން ތަފާތު ގޮތަކަށް ފެނިގެންދިޔަ ޝީލާ ނަޖީބް ވެސް ފެނިގެންދާނޭކަމަށް ޑާކްރެއިނުން ބުނެއެވެ.
ޑާކްރެއިންގެ "އަލްވަދާޢު" ގެ ޓިކެޓް، މިހާރު އޮލިމްޕަހުން ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ