ކަންނެލި ޖެޓީން ހޮވި ނިޔަފަތިކަނޑާ ދައްޗެއް އެބައޮތް ކަމަށާ އޭގެ ވެރިއަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ވަނީ ހޮވައިގެން ގެނެސްފައިވާ ބައެއް ތަކެތި ހުރިކަން ފާހަގަކޮށް އެތަކެތީގެ ވެރިން ހޯދަމުންދާކަން ހާމަކޮށްފަ އެވެ. ފުލުހުން ބުނީ މިދިޔަ ސެޕްޓެންބަރު 10 ވަނަ ދުވަހު ކަންނެލި ޖެޓީން ހޮވައިގެން ގެނެސްފައިވާ ސާމާނުތަކެއްވާ ކަމަށެވެ. އެ ގޮތުން އެޑަޕްޓަރާއި ޓޯޗާއި ޗާޖިން ކޭބަލަކާއި ހެޑްސެޓަކާއި ރޭޑިއޯ އަކާއި ޓްރިމަރާކާއި ނިޔަފަތިކަނޑާދައްޗެއް އެބަ އޮތް ކަމަށެވެ.
މި ތަކެތީގެ ވެރިފަރާތުން 9980062 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދިފައިވެ އެވެ.
މީގެ އިތުރުން މި މަހުގެ ތިން ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ސެމްސަން ޓެބްލެޓެއް އެބަ އޮތް ކަމަށްވެސް ބުންޏެވެ.
ކަންނެލި ޖެޓީން ހޮވި ނިޔަފަތިކަނޑާ ދައްޗެއް، ފުލުހުން ވެރިމީހާ ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ