އަބްދުއްރަހްމާން މަރާލި މައްސަލާގައި ތިން މީހަަކަށް ދައުވާކޮށްފި
ޖުލައި މަހުގެ ތެރޭގައި އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް މަރުގެ ދައުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ނިދާފައި އޮއްވައި މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލި މައްސަލައިގައި ދައުވާ އުފުލީ އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަށް ކަމަށެވެ. އެއީ؛- އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު- އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިސާމް- އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސްއާޝިދުގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.ވިސާމާއި ފާރިސް އަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.އަބްދުއްރަހްމާންގެ މަރާ ގުޅިގެން ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ވެސް ހަދާފައިވެ އެވެ. އަދި ހަށިގަނޑު ވަޅުލީ ޖުލައި 24 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ