ބާސެލޯނާ (ޑިސެމްބަރު 3) - ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި 3-1 އިން އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެ، ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ލީޑެއް ނަގައިފި އެވެ.
މި މޮޅާ އެކު، ބާސެލޯނާ އަށް ވަނީ 15 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 14 މެޗުން 33 ޕޮއިންޓް ލިބިފަ އެވެ.
ބާސެލޯނާ ދަނޑުގައި ކުޅުނު ނަމަވެސް އެތުލެޓިކޯ އިން ރަނގަޅަށް މެޗު ފެށީ 19 ވަނަ މިނިޓްގައި އަލެކްސް ބައޭނާ ޖެހި ގޯލުންނެވެ. ބާސެލޯނާގެ ކީޕަރު ޖޮއާން ގާސިއާ އަށް އެއްވެސް ފުރުސަތެއް ނުދީ ބައޭނާ ޖެހި މި ގޯލާ އެކު އެ ޓީމުން މި ވަނީ، މި ސީޒަނުގައި ލީގުގެ ކޮންމެ މެޗެއްގައި ފުރަތަމަ ގޯލު ޖެހުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ.
އެތުލެޓިކޯ އިން ލީޑުނެގިތާ ހަތް މިިނިޓް ފަހުން، ބާސެލޯނާ އަށް އެއްވަރުކޮށްދިނީ 26 ވަނަ މިނިޓްގައި، ރަފީނިއާ އެވެ. ރަފީނިއާ މި ލަނޑު ޖެހީ އަނިޔާއިން ރަނގަޅުވެގެން ކުޅުމަށް އެނބުރި އައި ޕެޑްރީ ދިން ބޯޅައަކުންނެވެ.
ބާސެލޯނާ އިން މެޗުގައި ލީޑުނެގީ 65 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ޖެހި ގޯލުންނެވެ. މިއީ، ލަމީން ޔަމާލް ކުރި އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތަކުން އޮލްމޯ ޖެހި ގޯލެކެވެ. އަދި، އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާ މޮޅުވީ އަލެހަންދްރޯ ބާލްޑޭ ދިން ބޯޅައަކުން ފެރާން ޓޮރޭޒް ޖެހި ލަނޑުންނެވެ.
ފަހަތުން އަރައި އެތުލެޓިކޯ އަތުން މޮޅުވެ ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް ފަހަތުން އަރައި އެތުލެޓިކޯ އަތުން މޮޅުވެ ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ