ލެކްނޯގެ ކިރުގެ ކާމިޔާބީގެ ސިއްރަކީ ކޮބާ؟ ލެކްނޯގެ ކިރުގެ ކާމިޔާބީގެ ސިއްރަކީ ކޮބާ؟

ސައިބޯ ގަޑި ވިޔަސް، ނުވަތަ ސްކޫލް އިންޓަވަލް ގަޑީގައި ކުދިންގެ އަތުގައި އޮންނަ ޕެކެޓަށް ވިޔަސް އެއް ނަމެއް އާންމުކޮށް ފެނެއެވެ. އެއީ "ލެކްނޯ" އެވެ. ޒަމާންތަކެއް ވަންދެން ދިވެހިންގެ އިތުބާރު ހޯދާފައިވާ ލެކްނޯ ބްރޭންޑަކީ ހަމައެކަނި ކިރު ޕެކެޓެއް ނޫނެވެ. އެއީ ދުޅަހެޔޮ ސިއްހަތާއި، މީރު ރަހައިގެ މަރުކާ އެކެވެ. ފެހިކަން ގަދަ ދަނޑުބިންތަކުން ފެށިގެން އައިސް ދިވެހިންގެ ސުފުރާމައްޗާ ހަމައަށް ލެކްނޯގެ ދަތުރު ބިނާވެފައިވަނީ ކޮލިޓީއާއި އިތުބާރުގެ މައްޗަށެވެ.
އެމްޔޫ ސްޓޯރުން އެތެރެކޮށް ވިއްކާ މި ބްރޭންޑުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ އޭގެ އަސްލު ގެއްލުވާނުލައި، ގުދުރަތީ ގޮތުން ލިބޭ ފައިދާތައް، އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދިނުމެވެ. ލެކްނޯގެ ޑެއަރީ އުފެއްދުންތަކަކީ އާޓިފިޝަލް ކުލަ އާއި ރަހަ އަދި ޕްރިޒަވޭޓިވްސް އިން ސަލާމަތްވެފައިވާ އުފެއްދުންތަކެއް ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ. މިއީ ސިއްހީ ހޭލުންތެރިކަން އިތުރުވެފައިވާ މި މުޖުތަމައެއްގައި ކަސްޓަމަރުން އެންމެ ބޭނުންވާ ސިފައެވެ.
ހުރިހާ އުމުރަކަށް ފަރުމާކޮށްފައިވާ މި އުފެއްދުމުގެ ތަފާތު ވައްތަރުތައް އެބަ ހުއްޓެވެ. އެއީ ފުލް ކްރީމް މިލްކު، ލޯ ފެޓް އަދި ސްކިމްޑް މިލްކް އަދި ފްލެވާޑު މިލްކު ހިމެނެ އެވެ.
މި މަރުކާޒުގެ ފުލް ކްރީމްއަކި ހެނދުނުގެ ސައި ތައްޔާރުކުރުމަށާއި، ކެއްކުމުގައި ބޭނުންކުރަން ރަނގަޅު އުފެއްދުމެކެވެ. މިއީ ވިޓަމިން ޑީ އަދި ކެލްސިއަމް އިން މުއްސަނދިވެފައިވާ، ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ މައިގަނޑު ވަސީލަތެކެވެ.
ލެކްނޯ އަކީ ހަމައެކަނި ގަލްފު ސަރަހައްދުގައި މަޝްހޫރު ނަމެއް ނޫނެވެ. އެއީ ބައިނަލްއަގުވާމީ ކޮލިޓީ މިންގަނޑުތަކަށް ފެތޭ، އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބަންދުކުރެވޭ އުފެއްދުންތަކެކެވެ. މިކަމުގެ ސަބަބުން ކިރުގައި ހުންނަންޖެހޭ މުހިންމު މާއްދާތައް ކަމަށްވާ ޕްރޮޓީން އާއި ވިޓަމިންސް ހަލާކުނުވެ ގިނަ ދުވަހު ބެހެއްޓެއެވެ.
މިހާރު ލެކްނޯގެ ޕްރޮމޯޝަނެއް ވެސް ކުރިއަށް އެބަ ގެންދެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް 10،000ރ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. ހަދަންޖެހޭނެ ގޮތަކީ، ލެކްނޯ ކިރު ދަޅުގައި އިންނަ ކިޔޫއާރު ކޯޑުން ވަދެފައި ޕްރޮމޯޝަންގައި ބައިވެރިވެލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ