ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ ތިނަދޫގައި ފަށަނީ

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަހަރުގެ ތެރޭގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ފަރުވާ ދޭން ފަށާނެކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އަޝްރަފް ވިދާޅުވީ، މިއީ ހުވަދުއަތޮޅުގެ ސިއްޙީ ދާއިރާއަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަޝްރަފް ވިދާޅުވި ގޮތުގައި އާބާދީގައި އުމުރުން ދުވަސްވީ މީހުން ގިނަވަމުންދާތީ، ކުޑަކަމުދާ ނިޒާމާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމަށް ބޭނުންވާ ޚާއްސަ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މިއަހަރުގެ ތެރޭގައި އެ ޚިދުމަތްތައް ރަސްމީކޮށް ފެށިގެންދާނެއެވެ.
ހޮސްޕިޓަލުގެ ފެންވަރު ޓާޝިއަރީ ފެންވަރަށް މަތިކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އައު އިމާރާތުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަމަށް ހޮސްޕިޓަލުން ބުނެއެވެ. މީގެ އިތުރުން، ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި އަލަށް 30 މުވައްޒަފުން ވަޒީފާއަށް ނެރުމަށްވެސް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ