ދިރާގުން ތަރާވީސްދަމަށް އަންލިމިޓެޑް ޑޭޓާ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް

ދިރާގުން ރަމަޟާން މަހުގެ ކޮންމެ ރެއެއްގެ ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ރެއަކު 21:00 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށް ވަކި އެޑް-އޮންތަކާއެކު އަންލިމިޓެޑް ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. ދިރާގުން ބުނި ގޮތުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްފައިވާ ބައެއް އެޑް-އޮންތަކާއެކު މި ވަގުތުތަކުގައި އަންލިމިޓެޑް ޑޭޓާ މުޅިން ހިލޭ ލިބޭނެއެވެ. މީގެ އިތުރުން، މި އޮފާ ވަކިން ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެންމެ 35 ރުފިޔާއަށް އެއް ދުވަހުގެ މުއްދަތަށް، އަދި އެންމެ 199 ރުފިޔާއަށް 28 ދުވަހުގެ މުއްދަތަށް އަންލިމިޓެޑް ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. މި އޮފާ އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ ރަމަޟާން ބެނާއަށް ފިއްތާލައިގެން މި ރަމަޟާން މަހަށް ޚާއްސަ އޮފާތައް ބެލުމަށްފަހު ބޭނުންވާ އޮފާއެއް އިޚުތިޔާރުކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ އެހީގައި މި ރަމަޟާން މަހު ހެޔޮ އަގުގައި ޑޭޓާ ލިބި، ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށް މަގު ފަހިވެގެންދާނެއެވެ. ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ