އުސޫލާ ހިލާފަށް ޕާކިން ސްލޮޓް ދުލެއް ނުކުރަން: އެޗްޑީސީ
އުސޫލާއި ހިލާފަށް ހުޅުމާލެއިން ޕާކިން ސްލޮޓް ދޫކުރާ ކަމަށް ބުނާ ވާހަކަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ.އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެ ކޯޕަރޭޝަނުން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އެ ހުޅުމާލޭގެ އެކި ސަރަހައްދަތަކުން ޕޮކެޓް ޕާކިން ދޫކުރުމަށް، އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށް ހުޅުވައިލި ކަމަށް ބުންޏެވެ.އެ އިއުލާނާ ގުޅިގެން އެ ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފައިވާ ކަމަށާއި އުސޫލުގެ ތެރެއިން އެ ފަރާތްތައް އިވެލުއޭޓްކޮށް. ޝަރުތުހަމަވި މީހުންގެ ލިސްޓު އާންމުކޮށް، އިއުލާންކުރި ކަމަށް އެޗްޑީސީން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި އެގޮތަށް އާންމުކޮށް އިއުލާނުކޮށް، ހާމަކަން ބޮޑު ގޮތެއްފައި ޕާކިން ސްލޮޓްތައް ދޫކުރުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެކަމާ ގުޅޭގޮތުން އާންމުންނަށް އޮޅުން އަރާ ގޮތަށް ހަގީގަތާ ހިލާފަށް ފަތުރަމުން ގެންދިއުމަކީ ކަންބޮޑުވާ ކަމެކެވެ. އެ ބަޔާނުގައި ވަނީ އެޗްޑީސީން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ޝާއިއު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ