ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސަށް ފިޔަވަޅު އަޅައިފި އެވެ.
އެމްޑީޕީން އެކަން ވަނީ ހާމަކޮށްފަ އެވެ. އެ ޕާޓީން މިއަދު ބުނީ އެމްޑީޕީ ކެންޑިޑޭޓުންނާއި ދެކޮޅަށް އެ ދާއިރާގައި މަސައްކަތް ކުރާކަމުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި މައްސަލަ އާއިމެދު ވަކިގޮތެއް ނިމެންދެން އެ ދާއިރާގެ ރައީސް އަމީޒް ހަސަން ހުރި ޕާޓީގެ މަގާމުގެ މަސްއޫލިއްޔަތްތަކުންނާއި، ޕާޓީގެ ހަރަކާތްތަކުން ވަގުތީގޮތުން އެކަހެރިކުރަން މިއަދު ބޭއްވުނު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް މުޅި ރާއްޖޭގައި ދަނީ ފޯރިގަދަ ކެމްޕެއިނެއް ހިނގަމުންނެވެ.
ދެކޮޅަށް މަސައްކަތް ކުރާތީ އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސަށް ފިޔަވަޅު އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ