މަކަރުން ހޯދި 400،000ރ. އަނބުރާ ހޯދައިދީފި

މަކަރާއި ހީލަތުން ހޯދި ގިނަ އަދަދެއްގެ ފައިސާ ވެރިފަރާތަށް ފުލުހުން އަނބުރާ ހޯދައިދީފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 10 ވަނަ ދުވަހު ހުށަހެޅުނު 400،000ރ. މަކަރާއި ހީލަތުން ހޯދާފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
މި ޝަކުވާ ލިބުމާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތާ ސުވާލުކޮށްފައިވާ ކަމަށާއި އަދި އެ ފަރާތުން ފައިސާއާ ހަވާލުވި ކަމަށް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ބަހާލައިގެން ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ކަމަށެވެ. މިގޮތުން، މި ފައިސާ މިހާރު އެއްކޮށް ދައްކައި ނިންމާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ