މޫސުމާ ބެހޭ ގައުމީ އިދާރާގެ އައު އިމާރާތެއް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކުރުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާ ހަވާލުކޮށްފިއެވެ.
މެޓް އޮފީހުގެ އައު އިމާރާތެއް ތަރައްގީކުރަނީ ރާއްޖޭގެ މޫސުމާބެހޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ޒަމާނީ ކުރުމުގެ ބޭނުމުގައެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއަކީ އާލީ ވާރނިން ފްރޭމްވޯކް އިތުރަށް ހަރުދަނާކޮށް، ތަރައްގީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިއްމު ބައެއްކަމަށެވެ. މިއީ މޫސުމީ މައުލޫމާތު ދިނުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަންވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މި މަސައްކަތުގެ ސަބަބުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުމާބެހޭ މައުލޫމާތު އިތުރަށް ސީދާކޮށް، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މީގެ ކުރިން ވިދާޅުވެފައިވަނީ އައްޑޫސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ރާއްޖޭގައި މިހާރު ވެދަރ ރާޑަރެއް ބަހައްޓާފައި ހުރީ ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ޤައުމީ އިދާރާގައެެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއްކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ވެދަރ ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރެވޭ އެންމެފަހުގެ ޓެކްނޮލޮޖީއެވެ. ހުޅުލޭގައި ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ ވަޞީލަތްތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ނ.މާފަރުގައިި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އެއީ ރާއްޖޭގައި ޤާއިމްކުރާ 6 ވަނަ އޮބްޒަވޭޓަރީއެވެ. މާފަރުގައި ޤާއިމުކުރާ އައު އޮބްޒަވޭޓަރީއަކީ ރާއްޖޭގެ އުތުރު ސަރަހައްދުގެ މޫސުމާބެހޭ މައުލޫމާތު އެއްކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަރުކަޒަކަށް ވެގެންދާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މިހާރު ރާއްޖޭގައި މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުރީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ސިޓީ ގަމުގައެވެ. މީގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޮމޭޓެޑް ވެދާ ސްޓޭޝަންތަކުގެ އިތުރުން ދިޔަވަރު ބަލާ ސްޓޭޝަންތައްވެސް ހުރެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން 4 ތަނެއްގައި ޤާއިމްކޮށްފައިވާ މެޓް އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމްތައް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އެއީ ހަނިމާދޫ، ހުޅުލެ، ކައްދޫ އަދި އައްޑޫގައި ހުންނަ މެޓް އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމްތަކެވެ.
މީގެ އިތުރުން ނ. މާފަރު އެއަޕޯޓުގައި އިތުރު އޮފީހެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށާއި އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފައިވާ އަޕާ އެއަރ (ރޭޑިއޯ ސޮންޑޭ) ސިސްޓަމް މަރާމާތު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޕީއެންސީގެ ޕްރައިމަރީ އަށް 304 ކެންޑިޑޭޓުން ރައީސް މުއިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރައްވައިފި މާފަރުގައި ތަރައްގީކުރި ކަސްޓަމްސްގެ އައު އޮފީހާއެކު އެ ސަރަހައްދަށް ކުރިއެރުންތަކެއް އަންނާނެ: އިހްސާން ޒުވާނުން ބިނާ ކުރުމަށް އަމާޒު ކުރާ ‘
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ