ވީއައިއޭ އައު ޓާމިނަލުން 500،000 އަށްވުރެ ގިނަ ފަސެންޖަރުން ހިދުމަތް ހޯދައިފި

ވެލާނާ އިންޓަރނޭޝަނަލްގެ އައު ޓާމިނަލް ނުވަތަ ޓާމިނަލް އެކަކުން 500،000 އަށްވުރެ ގިނަ ފަސެންޖަރުންނަށް ހިދުމަތް ދީފައިވާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
އެމްއޭސީއެލުން ބުނީ އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވިދުވަހުން ފެށިގެން 15 ޑިސެމްބަރުގެ ނިޔަލަށް 508,008 ފަސެންޖަރުންނަށް ހިދުމަތް ދީފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 252,340 ފަސެންޖަރުންގެ އިތުރުން ރާއްޖެ އައި 255,66 ފަސެންޖަރުންނެވެ. 
އައު ޓާމިނަލް ހުޅުވިފަހުން އެންމެގިނައިން ފަސެންޖަރުންނަށް ހިދުމަތްދިނީ މިދިޔަ އާދިއްތަދުވަހެވެ. އެގޮތުން އިއްޔެ އެކަނިވެސް 19,551& ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ފުރި، 8,681 ފަސެންޖަރުންނާއި ރާއްޖެ އައި 10،870 ފަސެންޖަރުން ހިމެނެއެވެ.
ވީއައިއޭ އައު ޓާމިނަލް ހުޅުވާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރުން ފާހަގަކުރުމުގެ މުނާސަބަތާ ދިމާކޮށް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ.
އެމްއޭސީއެލުން ބުނީ 37 އެއާލައިނަކުން މިހާރު އައު ޓާމިނަލް ބޭނުންކުރަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ