ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނީ މާލޭގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުން މިއަދު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.އެ ގޮތުން މިއަދުން ފެށިގެން މާޗް 9 ވަނަ ދުވަހަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް އަދި މާޗް 10 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފަ އެވެ. އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ޕްލެޓްފޯމްތައްދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓްއުރީދޫ، އެމް ފައިސާ މޯބައިލް އެޕްމޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕްބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕްފަހިޕޭ މޯބައިލް އެޕްއަވަސް މޯބައިލް އެޕްބަނޑޭރި ޕޭ ވެބްސައިޓްމީގެ ތެރެއިން ބަނޑޭރިޕޭއާޢި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު:އާދައިގެ ހަނޑޫ: 12 ރުފިޔާތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާރަތް ހަނޑޫ: 96 ރުފިޔާބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާއާދައިގެ ފުށް: 10 ރުފިޔާއާޓާ ފުށް: 75 ރުފިޔާޒަކާތު ހައުސް އިން ބުނީ ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށާއި އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށެވެފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ. ޒަކާތް ބަހަނީ ފަގީރުންގެ ގޮތުގައި ރެޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ