ސަރުކާރުގެ ޓެކްސީ ލައިނަކީ މާސިންގާ ސްކޭމެއް!؟

މާލޭގައި ދެވޭ ޓެކްސީގެ ހިދުމަތުގެ ފެންވަރު ދަށްކަމަށް ބުނެ މުއިއްޒު ސަރުކާރުން ގާއިމުކުރާ މާލޭ ޓެކްސީ ލައިނަކީ ރޭވިގެން ހިންގާ ބޮޑު ހިޔާނާތެއް ކަމަށް އެތައް ބަޔަކު ގަބޫލުކުރެއެވެ. މުއިއްޒު ވެރިކަމަށް އެރުމާއެކު ދައުލަތް ލޫޓުވާލެވެން އޮތްހާ ގޮތެއް ހޯދައިގެން އަންނަނީ ލޫޓުވަމުން ކަމަށް މީހުން ބުނެއެވެ.
އާއްމު ފަރތްތަކުން ދެމުން ގެންދިޔަ ޓެކްސީގެ ހިދުމަތް ފެންވަރުހުރި ދެމެހެއްޓެނިވި ހިދުމަތަކަށް ހެދުމަށް ރައީސް ސޯލިހު ސަރުކާރުން ފަސޭހައި ލުއިކޮށް ލޯނު ލިބޭގޮތް ހަދާދީފައިވެއެވެ. މުއިއްޒު ވެރިކަމަށް އައީ ލިބުނު ލުއިގެ ބޭނުންހިފާ އެތައް ބަޔަކު ލޯނު ނަގައިގެން ކާރު ގަނެގެން ޓެކްސީ ކުރަން ފެށިތަނާއެވެ. 
އާއްމުންގެ އެތައް ބަޔަކު ދަރަނިވެރި ހާލަތުގައި ތިއްބާ އެއިން ކަމަކަށް ރިއާޔަތް ކުރުމެއްނެތި ސަރުކާރުން ޓެކްސީކުރަން ނިންމީ ދައުލަތް ލޫޓުވާލުމުގެ ބޭނުމުގައި ކަމަށް ގަބޫލު ކުރެވެެއެވެ. މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެތި ތޮއްޖެހި ދަތުރުފަތުރު ދަތިވެފައިވަނިކޮށް މާލެ ސަރަހައްަދަށް ކާރުތަކެއް ގެނެސް އަޅާލުމުގައި ދައުލަތުން ފައިސާތަކެއް ލޫޓުވާލުންނޫން ބޭނުމެއް ނުއޮންނާނެއެވެ.
އެތައް ބަޔަކު ޓެކްސީ ދުއްވަން ކާރުތަކެއް ގަނެ ދަރަނިވެރިވެފައި ވަނިކޮށް ޗަންގާން ދީޕަލް S05 މަރުކާގެ 150 ކާރު ގެނައުމަށް އެވަނީ ނިންމާފައެވެ. އެކަމަށް ބަޖެޓުން ހަރަދުކުރަން ނިންމާފައިވަނީ 120 ރުފިޔާއެވެ. ޗަންގާން ދީޕަލް S05 މޮޑެލްގެ ކާރެއްގެ ބައިނަލްއަގުވާމީ މާކެޓް އަގަކީ 16400 އާއި 16900 އެމެރިކާ ޑޮލަރެވެ. -/20ރ އަށް ޑޮލަރެއް ކަމުގައި ބަލައިގެން އަގު ހެދިޔަސް ބޮޑުވެގެން ކާރަކަށް ޖެހޭނީ 338000.00 ދިވެހި ރުފިޔާއެވެ. އެ ނިސްބަތުން 150 ކާރުގެ ޖުމްލަ އަގަކަށް އަންދާޒާ ކުރެވެނީ ގިނަވެގެން 50.7 މިލިއަން ދިވެހި ރުފިޔާކަމަށެވެ.
50.7 މިލިޔަން ރުފިޔާއިން ނިމެން އޮތް ކަމަކަށް ދައުލަތުގެ ބަޖެޓުން 120 މިލިޔަން ރުފިޔާ ހަރަދުކުރަނީ ލޫޓުވާލުންނޫން އެހެން ބޭނުމަކު ނޫންކަމަށް ބެލެވެއެވެ. އެހެން ވެއްޖެނަމަ އެއީ ގާތް ގަޑަކަށް 70 ވަރަކަށް މިލިޔަން ރުފިޔާގެ ލޫޓުވުމެކެވެ. ޓެކްސީ ލައިން ހެދުމުގެ ނަމުގައި ބައެއްގެ ޖީބަށް 70 ވަރަކަށް މިލިޔަން ރުފިޔާ ޖަހާލުން ސްކޭމަކަށް ނުވަންޏާ ކޮރަޕްޝަންގެ ވާހަކަ އޭސީސީން ވެސް ދައްކާނެ ކަމެއްނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ