ސީލައިފްގެ އެމްޑީގެ މައްސަލަ އިސްތިއުނާފުކޮށް، ޕާސްޕޯޓް ހިފަހައްޓައިފި

ޕީޖީ އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، އަޙްމަދު މޫސާގެ މައްޗަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 9 އެޕްރީލް 2026 ގައި ކުރި ޙުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅީ މި ހިނގާ އެޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.
މި މައްސަލަ އިސްތިއުނާފު ކުރަމުން ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވަނީ، ކްރިމިނަލް ކޯޓުން ހެކި ޤަރީނާ ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ. އަދި މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއް ކަމަށް ކޯޓުން ނިންމި ނިންމުމާއި، ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅުއްވައި، މި ދަޢުވާތައް ސާބިތުވާ ކަމަށް ނިންމަވައިދެއްވުމަށްވެސް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ