ވިލުފުށީ ބިން ހިއްކުމުގެ 98 ޕަސަންޓު މަސައްކަތް ނިންމާލައިފި

ތ. ވިލުފުށީ އެއާޕޯޓް ތަރައްގީ ކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެ ކަމަށްމޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.އެމްއޭސީއެލުން މިއަދު ބުނީ އެ މަސައްކަތް ކުރަނީ 11،300 އަކަ މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއް ކަމަށްވާ ފިލިޕޯ ބްރޫނެލެޝީ ބޭނުންކޮށްގެން ކަމަށެވެ. އެ މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ކަމަށެވެ.އެގޮތުން މިހާތަނަށް މުޅި މަސައްކަތުގެ 98 ޕަސަންޓު ނިންމާލެވިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.އެ މަޝްރޫއުގެ ދަށުން ވިލުފުށި އެއާޕޯޓް ތަރައްގީ ކުރާނީ 1,800 މީޓަރު ދިގު ރަންވޭއަކާއި ފުރިހަމަ ޓާމިނަލްއަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކުގައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާޙުކޮށްފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ޑްރެޖަރު ގެންގޮސް، ބިން ހިއްކުމުގެ މަސައްކަތް ފެށީ ނޮވެންބަރު 14 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ