ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައި އޮތުމަށްފަހު، އެ މަޤާމަށް އެ އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ނިޝާން އަޙްމަދު އައްޔަންކުރައްވައިފިއެވެ.
ނިޝާން މި މަޤާމަށް އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މައުމޫނާ އަބޫބަކުރު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެޗްޕީއޭގެ އެންމެ އިސް މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނިޝާންގެ އިތުރުން އެހެން ބޭފުޅުންތަކެއްވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް، އިންޓަވިއު މަރުހަލާއަށްފަހު އެންމެ މަތިން މާކްސް ލިބިވަޑައިގެން މި މަޤާމަށް ހޮވިވަޑައިގަތީ ނިޝާންއެވެ. މި މަޤާމުގައި މުސާރައާއި އެލަވެންސްގެ ގޮތުގައި މަހަކު 40,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިވަޑައިގަންނަވާނެއެވެ.
މީގެ ކުރިން މި މަޤާމު ފުރުއްވި މައުމޫނާ އަބޫބަކުރު އެ މަޤާމަށް އައްޔަންކުރެއްވީ 17 ނޮވެމްބަރު 2016 ގައެވެ. ރިޓަޔާ ކުރެއްވުމާ ހަމައަށް މައުމޫނާ ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަގުނުކުރެވޭ ފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ނިޝާން އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ