ފާއިތުވެގެން ދިޔަ ހަފްތާގައި، ސްކޭމް ކޮށްގެން ނުވަތަ މީހުންނަށް އޮޅުވާލައިގެން އަތުލާފައި ކަމަށް ތުހުމަތު ކުރެވޭ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މާރިޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން، 28 ވަނަ ދުވަހާއި ހަމައަށް، އޮޅުވާލައިގެން 116،212.50 ގެއްލިފައިވާ ކަމަށްބުނެ، 22 މައްސަލައެއް ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން 114،456.00 ރުފިޔާ އަލުން ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މަކަރާއި ހީލަތުގެ ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެ މައްސަލެއް ރިޕޯޓު ކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ފުލުހުން އިރުޝާދު ދެއްވައެވެ.
އޮޅުވާލައިގެން އަތުލާފައިވާކަމަށް ތުހުމަތުކުރެވޭ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދިއްޖެ: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ