އިތުރު 540 ފުލެޓާއެކު ބީއެމްއެލްއިން 3،800 ފުލެޓު އަޅަނީ
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށްގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ދަށުން އިތުރު 540 ފުލެޓު އަޅަން ނިންމާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ. ބީއެމްއެލްއިން ޖުމްލަ ތިން ކޮޓަރީގެ 3،260 ހައުސިން ޔުނިޓުގެ މަސައްކަތް ކުރެއެވެ. މި ޔުނިޓުތައް ދޭނީ ރެންޓް-ޓު-އޯން މޮޑެލްއަށެވެ. މި މޮޑެލްއަކީ ކުލި ދައްކައިގެން ދިރިއުޅެ ވަކި މުއްދަތަކުން މިލްކު ކުރެވޭ މޮޑެލްއެކެވެ. ބީއެމްއެލްއިން ހުޅުމާލެ އެކެއްގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްގެން އިމާރާތްކުރާ 364 ފްލެޓުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އިތުރު 540 ފުލެޓު އަޅާނެ ކަމަށެވެ. އަދި އެ މަޝްރޫއަށް ބޭނުންވާ ބިން، ހައުސިން މިނިސްޓްރީން މިހާރު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް، އަޅުގަނޑުމެން ވާނީ އިތުރު ހައުސިން ޔުނިޓު އަޅަން ބިން ހަމަޖައްސާފައި. އެގޮތުން އިތުރު 540 ޔުނިޓް ގާއިމުކުރުމަށް މިވަނީ ނިންމާފައި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ޝަރީފް ވިދާޅުވީ އިތުރަށް އަޅާ ޔުނިޓްތަކާއެކު ޖުމްލަ 3،800 ފުލެޓު އެ ކުންފުނިން އަޅާނެ ކަމަށެވެ. އަދި އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ގާބިލު، ދިވެހި ކުންފުނިތަކާ އެ މަސައްކަތް ހަވާލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި އެ ކުންފުނިން އިމާރާތްކުރާ މި ފުލެޓްތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކަސްޓަމަރުންނަށް ވެސް ގަނެވޭނެއެވެ. އެގޮތުން އެ ސްކީމްގައި ކަނޑައަޅާފައިވާ ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ