ޑަބްލިއުޑީސީ މެންބަރުންނަށް މުސާރަދީ، އަންނަ ރޯދަމަހުން ފެށިގެން ރޯދަ އެލަވެންސް ލިބެން ފަށާނެ: ރައީސް ކުނި މެނޭޖްކުރުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ އާއްމު ރައްޔިތުން ހޭލުންތެރިކުރަނީ ޑަބް.ލިއު.ޑީ.ސީގެ ސަބަބުން ހޭދަވަނީ ބޭކާރު ފައިސާތަކެއް ވިލިމާލެ ދާއިރާގެ

އައްޑޫ ހުޅުދޫ އަކީ އާބާދީ ބޮޑު ރަށެއްކަމުގައިވިޔަސް އެ ރަށުގައި ދިރިއުޅޭ މީހުން މަދެވެ. ތައުލީމާ ވަޒީފާ އާއި ސިއްހީ ބޭނުންތަކަށް ރަށުން ހިޖުރާކުރާ މީހުންގެ އަދަދު ގިނައެވެ.
އައްޑޫ ސިޓީ ހުޅުދޫ އަށް އުފަން އައިޝަތު ނަޖާ ވަހީދުއަކީ މި ތަޖުރިބާ އާއި ކުރިމަތިލާން ޖެހުނު ހުޅުދޫ ޒުވާނެކެވެ. މަތީ ތައުލީމު ހޯދުމަށް ރަށް ދޫކޮށް ދާންޖެހުނު ނަމަވެސް އޭރުވެސް އޭނާގެ އަޒުމަކީ ކިޔަވާ ނިމުމަށްފަހު އެބުރި ރަށަށް އައިސް ރަަށަށް ހިދުމަތް ކުރުމެވެ. ރަށް އާބާދުކޮށް، ރަށަށް ހެޔޮ ބަދަލެއް ގެނައުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމުގައި ނަޖާ ގަބޫލުކުރިއެވެ
ބިޒްނަސް އެޑްމިނިސްޓްރޭޝަން ޑިޕްލޮމާ ހާސިލުކޮށްފައިވާ ނަޖާ އަކީ ސްކޫލު ދައުރުގައިވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ މުބާރާތްތަކުގައި ނަޖާ ވަނީ ރަން ވަނަތަކެއް ހާސިލްކޮށްފައެވެ. މިހާރު ގާނޫނީ ދާއިރާއިން ކިޔަވަމުން އަންނަ ނަޖާ ސްކޫލު ނިންމުމަށްފަހު ގުޅުނީ ބީއެމްއެލް އާއެވެ. ބީއެމްއެލްގައި އެންފޯސްމަންޓް ރިކަވަރީސްގެ ޕެރެލީގަލް އެއް ގެ ގޮތުގައި މަސައްކަތްކުރި ނަޖާ ވަނީ ވ.އަތޮޅު ފެލިދޫ ކައުންސިލްގައި ކައުންސިލް އޮފިސަރެއްގެ މަގާމު އަދާކޮށްފައެވެ.
ނަޖާ ރަށަށް އެބުރި އައި އިރު ރަށުން ތަރައްގީގެ ކުލަވަރު ފެނުނެވެ. އެހެން ނަމަވެސް އެއީ އެންމެ ހައްގު މިންވަރުކަމުގައި ގަބޫލުކުރަން ނަޖާ ބޭނުން ނުވިއެވެ. ހާލަތު ބަދަލުވާނީ އަމިއްލައަށް ބަދަލުކުރަން މަސައްކަތްކޮށްގެން ނަޖާ ގަބޫލުކުރިއެވެ. އޭނާގެ އުފަން ރަށަށްޓަކައި ރަށުގެ ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަމަކި ކޮބައިތޯ ބެލިއެވެ. އެގޮތުން 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެން މެންބަރެއްގެ ގޮތުގައި ވާދަކުރަން ނަޖާ ނިންމީ ވަރަށް ވަރުގަދަ އަޒުމާއެކުގައެވެ. އޭރު އޭނާ ސިޔާސީ ދާއިރާއަށް ވަރަށް އަލެވެ. އެހެންނަމަވެސް އިންތިހާބީ މަގާމެއްގައި ހުރެގެން މި ރަށަށް ހެޔޮ ބަދަލެއް ގެނެވޭނެކަން ނަޖާ ގަބޫލުކުރިއެވެ. ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނަޖާއަށް 129 ވޯޓު ލިބި އިންތިހާބުން ބަލިވި ނަމަވެސް އޭނާގެ ހިތްވަރު ގަދައެވެ. ގިނަ މީހުންނަށް އޭނާއަކީ ސިޔާސީ އާ މޫނަކަށްވުމުން އެ ފުރުސަތު ދޭން ފަސްޖެހުނީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އޭނާގެ ގާބިލުކަމާ، އޭނާއަށް ސިޔާސީ ދާއިރާއިން ކުރިއަށް ދާން ފުރުސަތު ހޯދައިދޭން ޖެހޭކަން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ގަބޫލުކުރިއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ވާދަކުރުމުގެ ހިތްވަރާއި ފުރުސަތު ޝާހިދު ހޯދާ ދެއްވިއެވެ.
ޕީއެންސީ ޕްރައިމަރީއަށް ތައްޔާރުވުމަށް ލިބުނު މަދު ދުވަސްކޮޅުގައި ލިބުނު ތަޖުރިބާއާއި، ޝާހިދުގެ އެހީތެރިކަމާ އަދި ސިޔާސީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުގެ އިރުޝާދާ އެކު ނަޖާއަށް ލިބިފައިވާ ތައުލީމާ ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މި ކޮމިޓީގައި ހުރެގެންވެސް ހިފޭނެ ކަމަށް ނަޖާ ގަބޫލުކުރިއެވެ. އަލަށް ކޮންމެ ކަމެއް ފަށާއިރު ގޮންޖެހުންތައް ހުންނާނެ ކަމަށް ގަބޫލުކޮށް، ފިސާރި ހިތްވަރާއެކު ނަޖާ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލީ މުޖުތަމައުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އަމިއްލައަށް އިހްސާސްކުރެވޭތީއެވެ. އެކަންކަމަށް ހައްލު ހޯދައިދީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުމަކީ ނަޖާގެ އަމާޒެކެވެ. “މި މަގާމަށް ކުރިމަތިލީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދީ، އިޖުތިމާއީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިދުމަތްކުރުމުގެ އިހްލާސްތެރިކަމާއެކު” ނަޖާ ބުންޏެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ނަޖާގެ އެންމެ ބޮޑު އަމާޒަކީ، އިސްލާމީ ހަމަތަކާއި ދިވެހި އާދަކާދަތަކުގެ މަތީގައި ސާބިތުވެ ތިބެ، ރަށުގެ އަންހެނުންނަކީ އިގްތިސާދީ ގޮތުން ފުދުންތެރި އަދި މުޖުތަމައުގެ ތަރައްގީގައި އަމަލީގޮތުން ބައިވެރިވާ ބަޔަކަށް ހެދުމެވެ. މިގޮތުން، އަންހެނުންގެ ހުނަރުތައް ތަރައްގީކޮށް އައު ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި، ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އިސްކަންދިނުމެވެ. މީގެ އިތުރުން ކައުންސިލާއި މުއައްސަސާތަކާ ގުޅިގެން، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ނަޖާގެ ތަސައްވުރެވެ.
މިހާރުވެސް ‘ނަޖް ބޭކްސް’ގެ ނަމުގައި ކްލެސިކް ބްރައުނީސް، ކުނާފާ ބްރައުނީސް، ޓިރަމިސޫ، ބާސްކް ބާންޓް ޗީޒް ކޭކް، ޕިސްޓާޗިއޯ ކުނާފާ ޗޮކްލެޓް އަދި ނިއުޔޯކް ސްޓައިލް ޗީޒް ކޭކްފަދަ ފޮނި ކާނާތައް ވިއްކަމުން އަންނަ ނަޖާ ބުނީ އަމިއްލައަށް ލިބިފައިވާ ތަޖުރިބާ އާއި އެކު އަންހެނުނަށް އިތުރު ފުރުސަތުތައް ހޯދައިދެވޭނެ ވަރަށް ގިނަ ދާއިރާތައް ހުރިކަމަށް ގަބޫލުކުރާ ކަމަށެވެ. މި ފުރުސަތު ހޯދުމާއެކު އަންހެނުންގެ ކުރިއެރުމާ ތަރައްގީއަށް ބޭނުންވަނީ އެކުވެރި އެއްބައިވަންތަ މުޖުތަމައެއް ކަމުގައި ނަޖާ ގަބޫލުކުރެވައެވެ.
ނަޖާ ގަބޫލުކުރާ ގޮތުގައި މިއީ ހުޅުދޫ ރައްޔިތުން އަދި ނަޖާ ބޭނުންވާފަދަ ހުޅުދޫއަކަށް މި ރަށް ހެދުމަށް އެޅިގެން ދާ ފުރަތަމަ ފިޔަވަޅެވެ. މިއީ އޭނާގެ ސިޔާސީ ހަޔާތުގެ ފެށުމެވެ. ރަށަށް ހިދުމަތްކޮށް ދިނުމުގެ ވަރުގަދަ އަޒުމުގައި ފެށި މި މަސައްކަތުގައި ރަށުގެ ވަޒަންވެރި ރަަށަށް އެބުރި އައިސް، މި ރަށަކީ ފުދުންތެރި ރައްޔިތުން ދިރިއުޅޭ ރަށަކަށް ވެގެން ދިއުމަކީ ނަޖާގެ އަޒުމެވެ. ރަށުގައި ތިބެގެން ރަށުގެ ރައްޔިތުންނަށް ހިދުމަތްތައް ލިބި އުމްރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން މި ރަށް ތަރައްގީވެގެންދާ ދުވަހަކީ ނަޖާ އެންމެ ދެކެން ބޭނުންވާ ދުވަހެވެ. “ޕީއެންސީ ޓިކެޓްގައި އަޅުގަނޑު އަންހެނުންގެ ކޮމިޓީއަށް ވާދަކުރަނީ. ކެންޑިޑޭޓް ނަންބަރަކީ 3. އަޅުގަނޑު އެދެނީ އެންމެންވެސް އަޅުގަނޑަށް އިތުބާރުކޮށް ވޯޓު ދެއްވުން. އަޅުގަނޑުގެ މަސައްކަތް ފެންނާނެ، އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަނީ މި ރަށާ މި ރަށުގެ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް” ނަޖާ ބުންޏެވެ. ނަޖާ ދޭ ޔަގީންކަމަކީ އޭނާއަށް ދޭ ވޯޓު ބޭކާރުވެގެން ނުދާނެކަމެވެ. މި ކޮމިޓީގައި ހުރެގެން ރަށަށް ހެޔޮ ބަދަލު ގެނައުމަށް މަސައްކަތްކުރާނެ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ