އައްޑޫސިޓީ ހިތަދޫ
ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި،
ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިކަމާ ގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ މިނިސްޓްރީ އޮފް
އިކޮނޮމިކް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް
(އެމް.ޕީ.އެލް) އާ ދެމެދު ކަމާގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އައްޑޫސިތީ ހައި
ސްކޫލްގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި އިކޮނިމިކް މިނިސްޓްރީގެ
ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ މުޙައްމަދު ސައީދެވެ.
އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރ، ޑީ.ސީ.ޕީ
(ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. މި އެއްބަސްވުމަކީ
އައްޑޫ ސިޓީގައި
ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓުމުގެ ޚިދުމަތް އަންނަ ފެބުރުއަރީމަހުގެ ތެރޭގައި ފެށުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އެމްޕީއެލުން ބުނީ އިކޮނޮމިކް މިނިސްޓްރީ އާއި އެމް.ޕީ.އެލްއާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ އަދި އެހެނިހެން ބާވަތްތަކުގެ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ސަރަހައްދެއް ޤާއިމްކުރެވިގެންދާނޭކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތުގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއްވެސް ޤާއިމްކުރެވިގެންދާނެއެވެ.
މި
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގެ
ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ހިފޭނީ މިފަދަ
ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ.
ބައިނަލްއަޤްވަމީ ހިދުމަތް ދޭ ޕޯޓް (އުތުރާއި ދެކުނުގައި) އޮތްއިރު، މިއީ ހަމައެކަނި ސެޓަލައިޓް ދެ ޕޯޓްގައި އޮވެގެނެއް ވިޔަފާރިއެއް ނުއުފެދޭނެ. އެތަންތާ ވިޔަފާރި އުފެދޭނީ ވިޔަފާރި އުފެދޭ ގޮތަށް ކަންތައްތަކެއް ކޮށްގެން
އިކޮނޮމިކް މިނިސްޓަރު ސައީދު
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ
ސީ.އީ.އޯ ރިޝްވާން ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުގައި ގިނަ ހިދުމަތްތަކެއް
ޤާޢިމުކުރެވުމަކީ މާލޭ ވިޔަފާރި ބަނދަރަށްވެސް ލިބޭނެ ލުޔެއް ކަމަށެވެ. އެގޮތުން ރިޔާސީބަޔާނުގައި ރައީސް ވިދާޅުވިގޮތަށް އަންނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް
ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާއިރު، ސަރަހައްދީ ބަނދަރުގެ ހިދުމަތްތައް
ފުޅާކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
އަޅުގަނޑުމެން އެންމެނަށްވެސް ލިބޭނެ އުފަލަކާއި ހިތްހަމަޖެހުމަކަށްވާނެ އަތޮޅުތެރެއަށް މި އަންނަ ކާގޯގެ އަގު ހެޔޮކުރެވި، އޭގެ ސަބަބުން ގިނަގުނަ މަންފާތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވުމުން
އެމްޕީއެލްގެ ސީއީއީ ރިޝްވާން
އެމްޕީއެލުން ބުނީ މި
ހިދުމަތްތަކަކީ ދެކުނުގެ ސަރަޙައްދުތަކުގެ ތަރައްޤީގައިވެސް އައްޑޫ ސިޓީން
އަދާކުރާ އިސް ދައުރު ފުޅާވެގެން ދިއުމަށް މަގުފަހިވުމުގެ އިތުރުން، ސަރުކާރުން
ދެމެހެއްޓެނިވި ތަރައްޤީ، ފުޑް ސެކިއުރިޓީ، އަދި ވިޔަފާރީގެ ހަރަކާތްތައް މުޅި
ރާއްޖެއަށް ފުޅާކުރުމަށް ދެއްވާ އިސްކަން ރަމްޒުކޮށްދޭ މުހިންމު މަޝްރޫޢަކަށް ވާނޭކަމަށެވެ.
އައްޑޫސިޓީއަކީ މާލެ ސަރަހައްދު ފިޔަވައި ވިޔަފާރީގެ ހަރަކާތްތައް އެންމެބޮޑަށް ހިނގާ އެއް ސަރަހައްދެވެ.
އައްޑޫ ހިތަދޫ ޕޯޓްގައި ބޮންޑެޑް ޒޯންގެ ހިދުމަތްދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ