ފާހާނާ ހަޑިވެ މޯލްޑު ޖެހުމަށް އޮތް ހައްލަކީ "މެޖިކްލީން" ފާހާނާ ހަޑިވެ މޯލްޑު ޖެހުމަށް އޮތް ހައްލަކީ "މެޖިކްލީން"

ރޯދަ މަސް ގާތްވަނީ އެވެ. ފާހާނާގެ މުށިގަނޑުތަކުގެ ދޭތެރޭގައި ޖަހާ ކަޅު ކުލައިގެ މޯލްޑާއި ފިލުވަން އުނދަގޫ ހަޑި އާއި ދަބަރު ޖެހުމުގެ މައްސަލައަކީ ގޭތެރެ ސާފުކުރުމުގައި ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ.
މިކަމަށް އޮތް އެންމެ ފަސޭހަ އަދި ޒަމާނީ ހައްލަކީ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ޖަޕާނުގެ "މެޖިކްލީން ސްޓެއިން އެންޑް މޯލްޑް ޓްރިގާ" އެވެ. މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ވެސްޓްރޭޑުންނެވެ.
މެޖިކްލީންގެ މި އުފެއްދުމުގެ އެންމެ ހާއްސަ ސިފައަކީ، ބާރުލާފައި އުނގުޅުމެއް ނެތި، ހަމައެކަނި ބޭސް ޖަހާލުމަށް ފަހު 5 މިނެޓު މަޑުކޮށްލުމުން ފިލުވަން އުނދަގޫ ހަޑިތައް ވެސް ފިލައިގެން ދިއުމެވެ. މީގެ "ސްޓްރޯންގް ޕެނެޓްރޭޓިވް ފޯމް" ފޯމިއުލާއަކީ މުށިގަނޑުތަކުގެ ދޭތެރޭގައި ހުންނަ ފައްތަރަތަކަށް ފުންކޮށް ވަދެ، ފަންގަލްގެ މޫތައް މަރާލުމުގެ ގާބިލުކަން ލިބިފައިވުމެވެ.
މިއީ ހަމައެކަނި ސާފުކުރާ އެއްޗެއް ނޫނެވެ. މީގެ ސަބަބުން ބަލިމަޑުކަން ފަތުރާ ބެކްޓީރިއާގެ 99.9 ޕަސެންޓު ނައްތާލަދެއެވެ.
މިއީ ފާހާނާގެ އިތުރުން ބޭރު ފާރުތަކުގައި ޖަހާ ފެއްސާއި، ޝަވަރު ކާޓަންތަކާއި، ސިލިކޯންތަކުގައި ޖަހާ ހަޑި ފިލުވުމަށް ވެސް އެންމެ ފުރިހަމަ އުފެއްދުމެވެ.
މިއީ ބާރުގަދަ "ހައިޕޯކްލޮރައިޓް" އެކުލެވޭ އުފެއްދުމަކަށް ވާތީ، ބޭނުންކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. ބޭނުންކުރާ ވަގުތު އަންގި ބޭނުންކުރުމަށާއި ފާހާނާގެ ވައި ދައުރުވާނެހެން ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އަދި އެހެން އެއްވެސް ކެމިކަލަކާ (މިސާލަކަށް އެސިޑް ނުވަތަ ވިނިގާ) އެއް ނުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.
އައިޑިއާ ފިހާރައިން މެޖިކްލީން ސްޓެއިން އެންޑް މޯލްޑް ފުޅީގެ އިތުރުން، އިގްތިސާދީ ގޮތުން ފައިދާހުރި ރިފިލް ޕެކް ވެސް ލިބެން ހުންނާނެއެވެ. އެއްފަހަރު ސްޕްރޭ ފުޅިއެއް ގަތުމަށްފަހު، ދެން ރިފިލް ޕެކް ބޭނުންކުރުމަކީ ތިމާވެއްޓަށް ޕްލާސްޓިކް ދޫކުރާ މިންވަރު މަދުވެ، އަގުގެ ގޮތުން ވެސް ކަސްޓަމަރުންނަށް ލުއިވެގެންދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ