ވިނަރެސް ފުލެޓު ކަރަންޓު ފޮށިތަކަށް ގެއްލުންދިންކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފުލެޓުތަކުގެ ކަރަންޓު ފޮށިތަކަށް ގެއްލުންދީ ވައްކަން ކުރިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި އަމަލުގެ ތަފްސީލު ހާމަކުރަމުން ފުލުހުން ބުނީ، ކަރަންޓު ފޮށިތަކަށް ގެއްލުންދިނުމުގެ އިތުރުން، އޭގައި ހުރި އަރތު ނަރުތައް ބުރިކޮށް އަދި ކޮޕަރ ފޮތިތައް ވަގަށް ނަގާފައިވާ ކަމަށެވެ.
މި މައްސަލައަކީ އާންމު މުދަލަށް ގެއްލުންދިނުމާއި ވައްކަމުގެ މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ