ދިވެހިރާއްޖެ އާއި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އަގުތައް މުރާޖާކުރަމުންދާތީ އެ ހޮސްޕިޓަލުން އަދިވެސް އާސަންދައިގެ ހިދުމަތް ނުލިބޭކަން އެނގިއްޖެ އެވެ.
އާސަންދައިގެ އެމްޑީ އައިމިނަތު ޒީނިއާ އަދަދު އަށް ވިދާޅުވީ އަމްރިތާ ހޮސްޕިޓަލާއެކު އާސަންދައިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަލަށް އެ ހޮސްޕިޓަލަށް ފަރުވާއަށް ފޮނުވުން މިވަގުތަށް ވަނީ މަޑު ޖައްސާލާފައި ކަމަށެވެ.
"އަމްރިތާ ހޮސްޕިޓަލާ މި ކުންފުންޏާ ދެމެދު ހަދާފައިވާ ސާވިސް އެގްރީމަންޓްގެ މުއްދަތު ހަމަވެގެން އަލަށް ފަރުވާއަށްދާ ބަލިމީހުން ފޮނުވުން ވަނީ މަޑުޖައްސާލާފައި. އަމްރިތާގެ އަގުތައް މުރާޖައާކޮށް ނިމުމުން، އެގްރީމަންޓްގައި ސޮއިކުރާނަން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ދިވެހި ރައްޔިތުންނަށް އަމްރިތާ ހޮސްޕިޓަލުން ލިބެމުންދާ ހިދުމަތްތައް ހުއްޓާ ނުލުމަށްޓަކައި ހޮސްޕިޓަލާއެކު ގާއިމުކޮށްފައިވާ ވަގުތީ ނިޒާމެއްގެ ދަށުން ކްރިޓިކަލް ކޭސްތަކާއި ފޮލޯއަޕް ކޭސްތައް ހުއްޓާނުލާ މިހާރުވެސް ރިފާ ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެއިތުރުން ޒީނިޔާ ވިދާޅުވީ ފަރުވާއަށް ކޮޗިންއަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ހިދުމަތް ހޯދޭނެ އެހެން ހަތަރު މަލްޓި ސްޕެޝަލަޓީ ހޮސްޕިޓަލް ހުންނާނެ ކަމަށާއި އެ ހޮސްޕިޓަލްތަކުން ހިދުމަތް ދެމުން އަންނަ ކަމަށެވެ.
އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަކީ އާސަންދައިގެ ދަށުން ވަރަށް ގިނަ ބަލިމީހުން ފަރުވާ ހޯދަންދާ ހޮސްޕިޓަލެކެވެ.
އެ ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުން މުރާޖާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، އެކަން ހައްލުވާނެ ވަކި ތާރީހެއް ޒީނިޔާ ވިދާޅެއް ނުވެ އެވެ.
އަގުތައް މުރާޖާކުރާތީ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުން އަދިވެސް އާސަންދައިގެ ހިދުމަތް ނުލިބޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ