ސިވިލް ކޯޓުން ވައްކަން ކުރަން އުޅުނު މައްސަލައެއް ބަލަން ފަށައިފި

ސިވިލް ކޯޓަށް ވައްކަން ކުރަން މީހަކު ވަން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، ޖަސްޓިސް ބިލްޑިންގެ ދެ ވަނަ ފަންގިފިލާއަށް ހުއްދަ ނެތި މީހަކު ވަދެފައިވާ މައްސަލައެއް އިއްޔެ ހަވީރު 4:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އިމާރާތުން އެއްވެސް އެއްޗެއް ވަގަށް ނަގާފައިވާ ކަން ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލަ ތަހުގީގުކުރަމުންދާއިރު މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ސިވިލް ކޯޓަށް ވަގަކު ވަން އިރު، ހަމަ އެ އިމާރާތުގައި ހިންގާ މި މަހުގެ ކުރީކޮޅު ދެފަހަރެއްގެ މަތިން ފެމިލީ ކޯޓަށް ވެސް ވަގަކު ވަދެ، ގެއްލުންދީ ވައްކަން ކޮށްފައިވެއެވެ.
މިގޮތުން ފެމިލީ ކޯޓުން ދެ ފަހަރު ވެސް ވަގަށް ނެގީ ފައިސާތަކެކެވެ. ކޯޓުގެ އެއްވެސް ލިޔެކިޔުމެއް އަދި މުދަލެއް ނުގެއްލޭ ކަމަށް އެކޯޓުން އޭރު ވަނީ ބުނެފައެވެ.
އެ އިމާރާތުން އެންމެ ފުރަތަމަ ވައްކަން ކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. އަދި ދެވަނަ ފަހަރަށް ވައްކަން ކުރީ މިމަހު 11 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ