ޔާމީން ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒް އެމްޑީޕީއަށް ސޮއިކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުުއާޒް އަލީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. އެމްޑީޕީއަށް ސޮއިިކުރެއްވުމަށްފަހު، އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމާންކަމާއި ހަމަޖެހުން ގާއިމުކޮށްދެއްވާ ގައުމެއްގެ ގޮތުގައި ބާކީނުވާކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދުނިޔެއަށް ދައްކުވައިދެއްވައިފި ކަމަށެވެ. "މި ނުކުތީ އެއްބުރުން ރައީސް އިބޫ ދެވަނަ ދައުރަކަށް ހޮވުމަށް އަތުކުރި އޮޅައިލައިގެން އިންޝާﷲ،" މުއާޒް ވިދާޅުވިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ދައުލަތުގެ މީޑިއާގައެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމުން، އޭނާ ވަނީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އަށް ސޮއިކުރައްވައިފައެވެ. އަދި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވިއެވެ. އެހެން ނަަމަވެސް، މި ފަހުން ސިޔާސީ ހަރަކާތްތަކުން އޭނާ މާ ގިނައިން ފެނިފައެެއް ނުވެއެވެ. ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ)، ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ. އިސްމާއިލް ވިދާޅުވީ، އެމްޑީޕީއާ ގުޅުނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ހޯއްދަވައިދިނުމުގައި ބައިވެރިވެ މަސައްކަތް ކުރުމަށް ކަމަށެވެ. އިސްމާއިލް ވިދާޅުވީ، ރައީސް ޞާލިޙަކީ ހުރިހާ ޚިޔާލެއްގެ މީހުންނާއެކު މަސައްކަތް ކުރާ އަދި އެއްވެސް މީހަކު ބާކީ ނުކޮށް އެކުގައި މަސައްކަތްކުރުމުގެ ގާބިލްކަން ހުރި ބޭފުޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ