މުއިއްޒުގެ ސަރުކާރުން ބޭއްވި ބަރަހަނާ ބޮޑީބިލްޑިންގ މުބާރާތެއް ބޭއްވުމުން، ކުޑަކުދިންނާއި ބެހޭ ކަމުގެ ތުހުމަތު ކުރެވޭ ޒަމްޒަމް ފާރިޝް އަށް ގޯސްވީ އެމްޑީޕީ

މުއިއްޒުގެ ސަރުކާރުން ބޭއްވި ބަރަހަނާ ބޮޑީބިލްޑިންގ މުބާރާތެއް ބޭއްވުމުން، ކުޑަކުދިންނާއި ބެހޭ ކަމުގެ ތުހުމަތު ކުރެވޭ ޒަމްޒަމް ފާރިޝް އަށް ގޯސްވީ އެމްޑީޕީއެވެ. އޭނާ ޓުވިޓަރ ގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ؛
ބޮޑީ ބިލްޑިންގެ ނަމުގައި އޮރިޔާން ޢާންމުކުރަން އެހިންގާ ޖަރީމާ ރަނގަޅު ކުރަނީކީއެއް ނޫނެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، މިއަދު އެމްޑީޕީ އާއި ޢަދާލަތުން ވެރިކަމުގައި ތިބި ނަމަ، މިހާރު އެކުރިއަށް ގެންދާ ބަރަހަނާ މުބާރާތް ބާއްވާނީ މިހާރު އެތިބި ވަރަށް ވުރެ ވެސް ނިވާކަން
ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުން އިންތިޒާމުކޮށް ބޭއްވި މި މުބާރާތުގައި ބޮޑީ ބިލްޑު ކުރާއިރު އާންމުކޮށް ލާ ޖަންގިޔާ އާއި ބްރާގެ އެންމެ ތުނި އަދި އެންމެ ކުޑަ ވައްތަރު، ވީހާވެސް ބޮޑަށް ހަށިގަނޑުގެ ވަނާތައް ފެންނަން ލާފައިވެއެވެ. މިއަށްވުރެ ބޮޑަށް ނިވާކަން ކުޑަކޮށް އެތެއިންލެވޭނެ ތަކެއްޗެއް ވަކި ނެތެވެ.
ދީނީ އިލްމުވެރިއެއް ކަމަށް އަމިއްލައަށް ދައުވާކުރާ، ޒަމްޒަމް ފާރިޝް މިކަމުގައި ހަދާފައިވަނީ ކަނޑައެޅިގެން ދޮގެވެ. މަސައްކަތް ކޮށްފައިވަނީ އާންމުންނަށް އޮޅުވާލުމަށެވެ. މިއީ ފާފައެކެވެ.
އޭނާ ކުޑަކުދިންނާއި ބެހުނުކަމަށް ތުހުމަތު ކޮށްފައިވަނީ އަރަބިއްޔާ ސްކޫލުގެ އެތައް ކުޑަ އަންހެން އަދި ފިރިހެން ކުދިންތަކެއް ކޮށްފައިވާ ޝަކުވާގެ މައްޗަށް ބިނާކޮށް، އެކަން ކަށަވަރު ކުރުމަށްފަހު، އެޑިޔުކޭޝަން މިނިސްޓްރީއިންނެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ މިކަން ހިންދާލާފައެވެ. އަދި އޭނާއަށް ވަނީ ކަރިކިޔުލަމް އެކުލަވާލުމާއި ގުޅޭ ދާއިރާއިން ރައީސް މުއިއްޒު ބޮޑު މުސާރާގައި މަގާމެއް ވެސް ދެއްވާފައެވެ. މާތް ﷲ މިފަދަ މީހުންގެ ކިބައިން އަޅުގަނޑުމެންގެ ދަރިންނާއި މުސްލިމް އުއްމަތް ސަލާމަތް ކުރައްވާންދޭވެ. އާމީން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ