ގައުމީ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ 11 ވަނަ ގައުމީ ހޭންޑްބޯލް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 ގައި ކަމަށެވެ.
އެހެންވެ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކަށް އެޕްލައި ކުރުމުގެ ފުުސަތު އަންނަ މަހުގެ 6 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 15 ގެ މެންދުރު ފަހު 2:00 ގެ ކުރިންނެނެވެ.
މުބާރާތާ ބެހޭ އިތުރު މައުލޫމާތު އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީގެ ނަމްބަރު 9879555 އިން ހޯދޭނެ އެވެ.
ގައުމީ ހޭންޑްބޯލް މުބާރާތަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ