އިންޑިއާގެ އެންމެ ދުވަސްވީ ބޮޑުވަޒީރަށް މޯދީ ވެވަޑައިގަތުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިންޑިއާގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު ބޮޑުވަޒީރު ކަން ކުރެއްވި ބޭފުޅަކަށް ނަރެންދްރަ މޯދީ ވެވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގައި މިހާތަނަށް އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުގެ މަގާމުގައި ހިދުމަތް ކުރައްވާފައި ވަނީ ޖަވާހިރުލާލް ނެހެރޫ އެވެ. އެއީ ޖުމްލަ 4398 ދުވަހެވެ. މޯދީ ވަނީ މިއަދު 4،399 ދުވަސް ހަމަކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ ގިނަ ދުވަސްވީ ބޮޑުވަޒީރަކަށް ވެވަޑައިގަތުމުން މަރުހަބާ ވިދާޅުވާ ކަމަށެވެ.
އިންޑިއާ އާއި ރާއްޖެ ދެމެދު އޮންނަ ގުޅުން ކުރިޔަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ