މީކާއީލްގެ ދާއިރާ ވޯޓު ފޮށިން ވެސް ނަޝީދު ކުރި ހޯއްދަވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ ދާއިރާ ވޯޓު ފޮށިން ވެސް ކުރީގައި އުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަން އެނގިއްޖެއެވެ. ވާދަވެރި ކެމްޕެއިނަކަށް ފަހު ނަޝީދު މި އިންތިޚާބު ކާމިޔާބުކުރެއްވީ މީކާއީލާ ވާދަކުރެއްވުމަށް ފަހެވެ. މިއަދު މެންދުރު 14:30 ގައި ވޯޓުލާން ފެށި އެ އިންތިޚާބުގެ ވޯޓުލުން ނިމުނީ މިރޭ 21:00 ހާއިރެވެ. މިހާތަނަށް ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ކުރީގައި އުޅުއްވަނީ ނަޝީދެވެ. https://sun.mv/223260 އެގޮތުން މީކާއީލްގެ ދާއިރާ ކަމަށްވާ ގަލޮޅު ދެކުނު -1 ވޯޓު ފޮށިން ވެސް ކުރީގައި އުޅުއްވަނީ ނަޝީދެވެ. އެ ވޯޓު ފޮށިން ނަޝީދަށް 166 ވޯޓު ލިބިވަޑައިގެންއިރު މީކާއީލަށް ލިބިވަޑައިގަތީ 119 ވޯޓެވެ. ހަމައެއާއެކު ގަލޮޅު އުތުރު ދާއިރާގެ -1 ވޯޓު ފޮށިން ވެސް ކުރީގައި އުޅުއްވަނީ ނަޝީދެވެ. އެ ވޯޓު ފޮށިން ނަޝީދަށް 195 ވޯޓު ލިބިވަޑައިގަތްއިރު މީކާއީލަށް ލިބިވަޑައިގަތީ އެންމެ 51 ވޯޓެވެ. މިއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ މެދުގައި އޮތް ވާދަވެރިކަން އަނެއްކާ ވެސް ފެންނާނެ އިންތިޚާބެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި އިންތިޚާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ. ފައްޔާޒު މިހާރު ހުންނެވީ ރައީސް ނަޝީދަށް ތާއީދު ކުރައްވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ