ދުންފަތުގެ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް މަޝްވަރާތައް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދުންފަތުގެ ޑިއުޓީ އެންމެ ފަހުން ބޮޑުކޮށްފައިވާނީ ވޭޕް މަނާކުރުމާއެކު، ވޭޕް ބޭނުންކުރަމުންދިޔަ މީހުން ދުންފަތަށް ބޭނުންކުރަން ފެށުމުގެ ފުރުސަތު އޮތުމުން އެކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މީގެ ކުރިން 2024 ވަނަ އަހަރު ދުންފަތުގެ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމަށް ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އޭރު އެ ބަދަލު ގެނައީ އެއީ އެހެން ގައުމުތަކުގައި ވެސް ދުންފަތް ކޮންޓްރޯލުކުރުމަށް ގެންގުޅޭ އުކުޅަކަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ޑިއުޓީ ރޭޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުން އަބަދުވެސް ކުރާނެ ކަމެއް ކަމަށެވެ. އަދި އެ ރޭޓު ހިފަހައްޓާނީ އެއިރެއްގައި ކުރާ ދިރާސާތަކުން ދައްކާ ނަތީޖާއަކަށް ބަލައިގެން ކަމަށް ވިދާޅުވިއެވެ.
މިވަގުތު ބައެއް ދިރާސާތަކުން އަދި ޑަބްލިޔުއެޗްއޯ އިން ހެދި ދިރާސާއަކުން ރާއްޖެއަށް ލަފާދީފައިވަނީ، މިއަހަރަށް ހަތަރު ރުފިޔާއަށް ދުންފަތުގެ ޑިއުޓީ ކަނޑައެޅުމަށް ކަމަށާއި އެކަމާ މެދު މަޝްވަރާކުރުމަށްފަހު ޑިއުޓީއަށް ބަދަލު ގެންނަން ޖެހޭ ނަމަ، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
ދުންފަތުގެ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް މަޝްވަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ