މިއަދު އިރު އޮއްސުނު ފަހުން ހުޅުމާލޭ ސްޓެލްކޯއާ ދިމާލު ފަޅުތެރެއަށް، ވަލެއް އައްސަން ފޭބި ދިވެއްސަކު ގެއްލިއްޖެ އެވެ.
ފުލުހުން ބުނީ އެ މީހާ ފަޅުތެރެއަށް ފޭބީ އިރުއޮއްސި 6:30 ހާއިރު ކަމަށެވެ. އޭގެ ފަހުން އެ މީހާ ނުފެންނަ ކަމަށާއި އެހެންވެ މެރިން ޕޮލިހާއި ކޯސްޓް ގާޑް ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގި އިރު މިއަދު މާލެ ސަރަހައްދާއި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯހެވެ.
މެޓް އޮފީހުން ވަނީ މިއަދު މެދު ރާއްޖެތެރޭގެ ހިސާބުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ވެސް ދެ ފަހަރެއްގެ މަތިން ނެރެފަ އެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެފައި ވާއިރު މެޓް އޮފީހުން ވަނީ މިރެ އާއި މާދަމާ، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ. އަދި ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.
ހުޅުމާލޭ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ފޭބި މީހަކު ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ