އިންޑިއާ ފްރީ ޓްރޭޑް އެއްބަސްވުމުގެ މަޝްވަރާތައް ފެށިއްޖެ، އަމާޒަކީ އަވަހަށް އެއްބަސްވުން ހެދުން: ސައީދު

ރާއްޖެއާއި އިންޑިއާއާ ދެމެދު ހަދާ ފްރީ ޓްރޭޑް އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި ކަމަށާއި އަމާޒަކީ ވީ އެންމެ އަވަހަކަށް އެ ގައުމާއެކު އެއްބަސްވުން ހެދުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ގައުމާއެކު ގާއިމުކުރާ އެފްޓީގޭ މަޝްވަރާތައް އިއްޔެ ފަށާފައިވާ ކަމަށެވެ. މިގޮތުން، ދެ ގައުމުގެ ވެސް ވިސްނުން ހުރީ ވީ އެންމެ އަވަހަކަށް އެއްބަސްވުން ގާއިމުކުރުމަށް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. މި އެފްޓީއޭގެ މަސައްކަތް ކުރާނީ މި ކަމުގައި ރާއްޖޭގައި ތިއްބެވި ފަންނީ ބޭފުޅުންނާއި ސަރުކާރުގެ ފަންނީ ބޭފުޅުންނާއި ޕްރައިވެޓް ސެކްޓަރުގެ ފަންނީ ބޭފުޅުންނާގެ ޚިޔާލާ އެކުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެފްޓީއޭގެ ތެރެއިން ލިބޭ ގިނަ ލުއިތައް ހުރެއެވެ. އޭގެތެރޭގައި، ޑިއުޓީ މާފުވުމާއި އެފްޓީއޭ ނޯންނަ ގައުމުތަކަށް ތަކެތި އެކްސްޕޯޓު ކުރެވޭނެ ގޮތްތަކާއި ދުނިޔެއަށް އަންނަ ލޮޅުންތަކުގައި އެފްޓީއޭގެ ބައިވެރިންނަށް ލިބޭނެކަން ސައީދު ފާހަގަކުރެއްވިއެވެ. https://sun.mv/200906 އިންޑިއާއެކު އެފްޓީ ހެދުމުގެ މަސައްކަތް ކުރާއިރު، މި ސަރުކާރުން ވަނީ ޗައިނާއެކު ވެސް އެފްޓީއޭ ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާރުވެސް ރާއްޖެއިން އެ ގައުމާއެކު ކުރަމުންދާ ވިޔަފާރީގެ މުއާމަލާތަކަށް 700 މިލިއަން ޑޮލަރު އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ