ރާއްޖޭގެ މަސް ދޯންޏެއް އިންޑިއާގެ ކަނޑުގެ ސިފައިން ހިފަހައްޓައިފި މަގުބޫލު ލިޔުންތައް ޒައީމާގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވަނީ ދީލަތި އެހީއެއް! “ދާއިރާގެ ދިރުމަށް” ސްލޯގަން އާއެކު އެމްޑީޕީގެ ޕްރައިމަރީ ގައި ޞޮބާ ވާދަކުރައްވަނީ! ޔަމަނުން އެމެރިކާއަށް:

އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ކުޑަ ގައުމަކަށް ވިޔަސް ބޭރުގެ ބޮޑެތި ގައުމަތަކަށް ނުރަނގަޅު ނުފޫޒު ނުފޯރުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ދަތުރުފުޅާ ބެހޭ މަޢުލޫމާތު މީޑިއާއަށް ހިއްސާ ކުރައްވަމުންނެވެ.
ޗައިނާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް އެއީ ގަނާކުރުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށެވެ.
“އަޅުގަނޑުމެންނަކީ މި ކަނޑުގައި، ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް އެކްސްކްލޫސިވް އިކޮނަމިކް ޒޯން ވަރަށް ބޮޑު، ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހިރާއްޖެ،” ރައީސް ވިދާޅުވިއެވެ
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި އެ ކަނޑަކީ ކަނޑު ނިސްބަތްވާ ވަށައިލެވިފައިވާ ހުރިހާ ގައުމުތަކަކަށް ވެސް ނިސްބަތްވާ ކަނޑެއް ކަމަށެވެ.
ރައީސް މި މޭރުމުން ވާހަަކަފުޅު ދެއްކެވިއިރު، ދާދި ފަހުން ފެންމަތިވި ލަކްޝަދީޕް މައްސަލައިގައި އިންޑިއާގެ ރައްޔިތުން ދަނީ ރާއްޖެ ބޮއިކޮޓްކޮށް ރާއްޖެއާ ދެކޮޅަށް ވާހަކަތައް ދައްކަމުންނެވެ. އަދި އިންޑިއާ އިން އެހީ ނުދޭނަމަ ރާއްޖެ ހާލުގައި ޖެހިދާނެ ކަމަށާއި ރާއްޖެއަކީ އިންޑިއާގެ ބެކްޔާޑުގައި އޮތް ގައުމެއް ގޮތުގައި ރާއްޖެ ސިފަކޮށް އިންޑިއާ ރައްޔިތުން ދަނީ މީސްމީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ