ނޭޕާލްގެ ފްލައިޓް ވެއްޓުނީ ޕައިލެޓަށް އޮޅިގެން ފްލައިޓުން ކަރަންޓު ކަނޑާލެވުމުން: ރިޕޯޓް

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއިން އެގައުމުގެ ޕޮކާރާ އަށް ދަތުރުކުރި ޔެޓީ އެއާލައިންގެ ފްލައިޓް ވެއްޓެން މެދުވެރިވީ، ޕައިލެޓަށް އޮޅިގެން ފްލައިޓުން ކަރަންޓު ކަނޑާލެވުމުން ކަމަށް ތަހުގީގު ރިޕޯޓުން ހާމަވެއްޖެއެވެ.
ޖެނުއަރީ 15 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ފްލައިޓުން ދަތުރުކުރި 72 މީހުންވެސް ވަނީ މަރުވެފައެވެ.
އެ ފްލައިޓް ވެއްޓުނު ސަބަބު ހޯދުމަށް ކުރި ތަހުގީގަށްފަހު އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ފްލައިޓަށް ފްލައިޓުން ކަރަންޓް ކަނޑާލެވުމުން ފްލައިޓުގެ ކޮންޓްރޯލް ގެއްލި އޭގެ އާލާތްތައް މަސައްކަތް ކުރުން ހުއްޓުނު ކަމަށެވެ. އަދި ކަރަންޓު ކެނޑާލެވުމާއި ފްލައިޓު ވެއްޓުމާ ދޭތެރޭ ހޭދަވީ 49 ސިކުންތު ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ހާދިސާގައި ފްލައިޓް ދުއްވަން އިން ޕައިލެޓުގެ ތަމްރީނު މަދެވެ. އަދި ހާދިސާއެއް ހިނގުމުން އަމަލުކުރާނެ ގޮތް ނޭންގުމަކީ އެ ފްލައިޓު ވެއްޓެން ދިމާވި މައިގަނޑު ސަބަބު ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ