ރަފާހަށް ހަމަލާ ދިނުން ހުއްޓާލަން ދުނިޔޭގެ ކޯޓުން ކުރި އަމުރު ތަންފީޒު ކުރަން ރައީސް ގޮވާލައްވައިފި

ޣައްޒާގެ ރަފާހަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ދުނިޔޭގެ ކޯޓުން އިޒްރޭލްގެ މައްޗަށް ކުރި އަމުރު ތަންފީޒުކޮށް، ހަމަލާތައް ހުއްޓާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަފާހުގައި ހިންގާ ލާއިންސާނީ އަނިޔާތައް އިޒްރޭލުން ހުއްޓާލައި، ރައްކާތެރިކަމާއެކު އިންސާނީ އެހީ ވެއްދުމަށް ރަފާހުގެ ބޯޑަރު ހުޅުވާލަންޖެހޭ ކަމަށެވެ.
އަދި ރަފާހަށް ދޭ ހަމަލާތައް ހުއްޓާލުން ވާނީ އަމާންކަމަށް އެޅޭ ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ދާއިމީ އަމާންކަން ލިބޭނީ 1967 ގައި ފަލަސްތީނާއި އިޒްރޭލުގެ ބޯޑަރު ބެހުމުގެ ކުރިން އޮތް ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރި ރަށް ކަމަށް ހަދައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ