މޫސުން ގޯސްވުމާއި ގުޅިގެން ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހު ކިޔަވައިދޭ ގަޑިތައް ކުރުކުރަނީ

މޫސުން ގޯސްވުމުގެ ސަބަބުން ދިރާސީ އައު އަހަރުގެ ފުރަތަމަ ތިން ދުވަހު ސުކޫލް ސެޝަންތައް ކުރު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއީ މޫސުމީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ދަރިވަރުންނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އެގޮތުން މިނިސްޓްރީން ވަނީ އެ ތިން ދުވަހު ކޮންމެ ދަންފަޅިއެއްވެސް 2 ގަޑިއިރާއި 3 ގަޑިއިރާ ދެމެދަށް ފައްތަައިގެން ކުރިއަށް ގެންދިޔުމަށް އެދިފައެވެ. އަދި ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ އާދަ އަށަގެންނެވުމާއި، ދަރުވަރުންގެ ދުޅަހެޔޮކަމާއި، ރައްކާތެރިކަމަށް އިސްކަންދިނުމަށާއި، ހަނގާކުރުމާއި ދެކޮޅަށް އަމާޒުކުރެވިގެން ހިންގާ ޕްރޮގްރާމްތަކެއް ސްކޫލް ފެންވަރުގައި ރާވައި ހިންގުމަށްވެސް އެޑިޔުކޭޝަން އިން ވަނީ އެދިފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މާލެއާއި އެކި ރަށްރަށުގައި ދަރިވަރުންނާއި ޓީޗަރުންވެސް ވަނީ އަނބުރާ ރަށަށް ނުދެވި ތާށިވެފަ އެވެ. މެޓް އޮފީހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކުން އަންނަނީ ކަނޑު ދަތުރުތައް ވީހާވެސް މަދު ކުރުމަށާއި ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ އަންނަ އާދީއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ބުރޫ އަރާފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މެއި 26، 27 އަދި 27 ވަނަ ދުވަހު ސުކޫލްތަކުގައި ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިޔުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ